
ރާއްޖޭގެ ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލް އިންޑިއާ އިން ހަދާ ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި
ރާއްޖޭގެ ސިފައިންގެ ސައިކޮލޮޖިކަލް ޕްރޮފައިލް އިންޑިއާ އިން ހަދާ ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި
ލިޔުން:
ދިވެހި ފުލުހުންނާއި ސިފައިން ހިމެނޭހެން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ވަޒީފާއަށް އަލަށްނަގާ މީހުންގެ ނަފްސާނީ ހާލަތު ދެނެގަތުމަށްޓަކައި ހަދާ “ސައިކޮލޮޖިކަލް ޕްރޮފައިލިން” ހެދުމަށް އިންޑިއާގެ ޔުނިވާސިޓީއަކާއި ހަވާލުކުރަން އުޅޭކަމަށް ފަތުރަމުންދާ ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ.
އިންޑިއާގެ ނޫހެއްގައި ދާދިފަހުން ޝާއިއުކޮށް ބުނެފައިވަނީ، ދިވެހި ސަރުކާރުންވަނީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ އިސް 187 އޮފިޝަލަކުގެ ސައިކޮލޮޖިކަލް ޕްރޮފައިލްއެއް ހެދުމަށް އިންޑިއާގެ ޖުރާތުގެ ގާންދީނަގަރުގައި ހުންނަ ނޭޝަނަލް ފޮރެންސިކް ސައިންސަސް ޔުނިވާސިޓީ (އެންއެފްއެސްޔޫ) ނަމަކަށް ކިޔާ ކޮލެޖާއި ހަވާލުކޮށްފައި ކަމަށެވެ. އަދި އެއީ ދިވެހި ސަރުކާރާއި އެ ޔުނިވާސިޓީއާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުގައި ވެސް ވަނީ މިވާހަކަ ތަށް ގެނެސްފައެވެ، ނަމަވެސް މިކަން ދޮގުކޮށް އެމްއެންޑީއެފް އިން ބުނީ، އިންޑިއާއިން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ރެކްރޫޓުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ހަދަން އުޅޭ ކަމުގެ އެއްވެސް މަޝްވަރާއެއް އެމްއެންޑީއެފް އިން ކުރަމުން ނުދާކަމަށެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުންވެސް މި ވާހަކަ ޝާއިއުކޮށްފައިވަނީ އިންޑިއާގެ ބައެއް ނޫސްތަކާ ހަވާލާދީއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
