ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް އުނި ނުވޭ: ރައީސް ސޯލިހު

ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް އުނި ނުވޭ: ރައީސް ސޯލިހު
ލިޔުން:
ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް އުނި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ކުރި ހުކުމާގުޅިގެން ވަޒީރުންނާއެކު ރައީސް ސޯލިހު މިހާރު ބާއްވަމުންގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިއަދު ނިންމި ނިންމުގެ ސަބަބުން ފައިދާ ކުރާނީ ރާއްޖެއަށް ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، މިއަދުގެ ނިންމުމާއެކު ރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިޔައީ ކަމަށާއި މިސަރަހައްދުން ބައެއް ނުގެއްލާހާ ހިނދަކު ރާއްޖޭގެ ސަރަހައްދުން އެންމެ ތަންކޮޅެއްވެސް ނުގެންލޭ ކަމަށެވެ.
މި ނިންމުމާއެކު ރާއްޖެއަށް އިތުރަށް ކަނޑުގެ ސަރަހައްދު ލިބިގެން މި ދިޔައީ ކަމަށާއި މި ނިންމުމަކީ އެ ސަރަހައްދުގައި ޤަވާއިދާ ޚިލާފް ކަންކަން ކުރުން ހުއްޓުވޭނެ ނިންމުމެއް ކަމަށެވެ. އަދި މިނިންމުމާއެކު އެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް އުނި ނުވާކަމަށެވެ. އަދި ރާއްޖެއިން އަމަލުކުރާ ބައިނަލްއަޤްވާމީ މުއާހަދާ ބުނާގޮތުން ފުށުއަރާ ކަނޑުގެ ސަރަހައްދެއް އޮވެއްޖެނަމަ ކަންކުރަން އޮންނަނީ ހަމަހަމައަށް ބައިކުރުން ކަމަށާއި ރާއްޖެއިން މަސައްކަތްކުރީ ޤާނޫނީގޮތުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދަން ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
