މާލެ: 31°C
ރާއްޖޭގެ ރިއަލްއެސްޓޭޓް ހަރުދަނާ ކުރަން ބިލެއް

ރާއްޖޭގެ ރިއަލްއެސްޓޭޓް ހަރުދަނާ ކުރަން ބިލެއް

March 5, 2024
2 ފަހަރު ބަލާފައި
ރާއްޖޭގެ ރިއަލްއެސްޓޭޓް ހަރުދަނާ ކުރަން ބިލެއް

ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ވިޔަފާރި ހަރުދަނާކޮށް ކުރިއެރުވުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެ ވިޔަފާރި ހަރުދަނާކޮށް ކުރިއަރުވައި ހާމަކަން ބޮޑު ޖަވާބުދާރީ ކުރުވަނިވި ނިޒާމެއްގެ ދަށުން އެ ވިޔަފާރި ހިންގޭނެ އުސޫލުތައް ބަޔާންކުރުން ހިމެނެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ތައާރަފު ކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ޖަލްސާ ބޭއްވިފައިނުވެ އެވެ. މި ބިލްގައި، ރިއަލް އެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ޕްރޮމޯޓަރުންނާއި ޑިވެލޮޕަރުން ރަޖިސްޓަރީކުރުމުގެ އުސޫލުތަކާއި ޒިންމާތައް ކަނޑައެޅުމާއި ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކުން ތަރައްގީކުރެވޭ ތަންތަން ގަންނަ މީހުންގެ މަސްލަހަތު ރައްކާތެރިކުރެވޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ. ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްވެސް މީހަކު ހިލާފުވުމުގެ ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެ އަމަލު ހިންގި މީހަކާ ދެކޮޅަށް މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ކަމުގެ މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބޭ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ކުރާނެ އުސޫލެއް ވެސް މިބިލުގައި ބަޔާންކުރެއެވެ.
ރިއަލް އެސްޓޭޓް އަކީ އިމާރާތް ކުރުމާއި ބިން ތަރައްގީ ކުރުމާއި، އިމާތާއި ބިން ކުއްޔަށްދިނުމާއި ވިއްކުމާއި އެތަންތަން ތަރައްގީ ކުރުން ފަދަ ވިޔަފާރި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ