ރާއްޖޭގައި މަސައްކަތް ކުރާ އުމުރުފުރައިގެ ތެރެއިން, ލޭބާފޯސްްގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ މެދުގައި 31 ޕަސެންޓުގެ ފަރަގެއް އުޅޭކަމަށް ބޯހިމެނުމުން ދައްކައިފި އެވެ.
މިދިޔަ އަހަރު ހިންގި ބޯހިމެނުމުން ދައްކާ ގޮތުގައި، ލޭބާ ފޯސްގައި 80 ޕަސެންޓު ފިރިހެނުން ހިމެނޭ އިރު، އަންހެނުން ގެ ނިސްބަތަކީ 49 ޕަސެންޓެވެ.
ރާއްޖޭގެ އާބާދީގައި ޖުމްލަ 515,132 މީހުން ހިމެނޭއިރު, އެއީ 382,639 ދިވެހިންނާއި 132,493 ބިދޭސީންނެވެ. އޭގެ ތެރެއިން, 411,219 މީހުން ނުވަތަ 80 ޕަސަންޓު މީހުން ހިމެނެނީ މަސައްކަތް ކުރާ އުމުރުފުރާ ގައެވެ. އޭގެ ތެރެއިން, 37 ޕަސަންޓު މީހުންނަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ ނިސްބަތަކީ 63 ޕަސަންޓެވެ.
އަދި މަސައްކަތެއް ލިބިފައި ނުވާ އާބާދީ އަކީ ޖުމްލަ އާބާދީގެ 5 ޕަސެންޓެވެ. އޭގެ ތެރޭގައި ވެސް ފިރިހެނުންނަށްވުރެ އަންހެނުން ގިނަ އެވެ. ފަސް ޕަސަންޓު ފިރިހެނުން މަސައްކަތް ނުލިބި ތިބިއިރު, މަސައްކަތް ނުލިބި ތިބި އަންހެނުންގެ އަދަދު ހަ ޕަސަންޓަށް އަރަ އެވެ.







