Okރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް މިއަދު ނަގައިފި އެވެ.
މިއަދު ހަވީރު ހަތަރެއް ޖެހި އިރު ކުރިއަށް ދިޔަ އެ ހަރަކާތަކީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެވެ. ދިދަ ނެގުމުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތެއްވެސް މިއަދު ރަށްތަކުގައި ކުރިއަށް ގެންދިޔަ އެވެ. އަދި އެ ހަރަކާތުގެ ތެރެއިން ކޮންމެ ރަށެއްގައި 15 ފޫޓު، 10 ފޫޓުގެ ދިދައެއް ނަގާފައިވެއެވެ. މިއަދު ކުރިއަށްގެންދިޔަ ދިދަ ނެގުމުގެ ހަރަކާތުގައި ކޮންމެ ރަށަކުން ވެސް، އެ ރަށެއްގައި ތިބި މި ޕާޓީގެ އާންމު މެންބަރުން ވަނީ ބައިވެރިވެފައެވެ. [embed]https://twitter.com/MDPSecretariat/status/1659509564574945280?s=20[/embed] މި ހަރަކާތްތައް ހިންގުމަށް މާލެ އިން އިއްޔެ ވަނީ އެމްޑީޕީގެ 400 މަންދޫބުން ރާއްޖޭގެ އެކި ހިސާބުތަކަށް ގޮސްފައެވެ. އެގޮތުން އެ ޓީމުތަކުން ވަނީ އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ހިންގާނެ ގޮތާއި ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަޝްވަރާތައް ފަށާފައެވެ. އެމްޑީޕީ ދެބައިވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ތެރެއިން 12 މެމްބަރުން އެމްޑީޕީ ދޫކޮށް، ނަޝީދާއެކު އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގައިފި
ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
