
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު، ޗެލެންޖު އޮތީ މާލީ ހާލަތުގަ: ފައްޔާޒް
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު، ޗެލެންޖު އޮތީ މާލީ ހާލަތުގަ: ފައްޔާޒް
ލިޔުން:
ރާއްޖޭގެ އިގުތިސާތީ ހާލަތު ރަނގަޅު ކަމަށާއި އަބަދުވެސް ޗެލެނެޖު އޮތީ މާލީ ހާލަތުގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާ ޕާސަން، އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވައެވެ.
މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ، ރާއްޖެއިން މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އަންނަނީ ކުރިން ލަފާކުރިވަރަށްވުރެ ބާރަށް ރަނގަޅުވަމުންކަމަށެވެ. އަދި ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުން އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖޭގެ އިގްތިސާދު ވައްޓާ ނުލެވުމުންކަމަށާއި އެއީ ސިޔާސީގޮތުން މާޔޫސްވެގެން ބަޔަކު ކުރާކަމެއްކަމަށް ވެސް އިކޮނިމިކް މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
މިނިސްޓަރުގެ ޕޯސްޓް ޝެއާކުރައްވާ ފައްޔާޒް ވިދާޅުވީ، ބައިލެޓަރަލް ރިލޭޝަންތައް ދަމަހައްޓާ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ނުވާގޮތައް ހައްލުކުރެވެންވާނެކަމަށެވެ. އަދި އައިއެމްއެފް ގެ ފްރޮގްރާމަކަށް ނުގޮސްވާންވާނެ ކަމަށާއި ދާންޖެހޭނީ ކަންކުރުމުގެ ވައްޓަފާޅިނެއްނަމަ ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އައިއެމްއެފް ޕްރޮގްރާމެއްގެ ތެރެއިން އެހީ ހޯދަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަތަކެއް ފެތުރިފައެވެ. ނަމަަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
