މާލެ: 31°C

ރާއްޖޭގެ ހޫނުމިން މައްޗަށްދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ރާއްޖޭގެ ހޫނުމިން މައްޗަށްދާތީ ސަމާލުވާން އިލްތިމާސްކޮށްފި
April 22, 2023
2 ފަހަރު ބަލާފައި
ރާއްޖޭގެ ހޫނުމިން މައްޗަށްދާތީ ސަމާލުވާން އިލްތިމާސްކޮށްފި
ރާއްޖޭގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗައް އަރާފާނެ ކަމަށް ލަފާ ކުރެވޭތީ ބޭރަށް ނުކުމެ އުޅޭ އިރު ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މި ދުވަސްވަރު އެންމެ ބޮޑަށް ހޫނުވާނީ މެންދުރު 2   ޖަހާ އެހާއިރު ކަމަށް ވާތީ، އެ ވަގުތު ބޭރަށް ނުކުތުމުގައި ސަމާލުވާން ޖެހޭނެކަމަށެވެ.
މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި މުޅި ރާއްޖެ އަށް އެންމެ ހޫނު ގަދަ މަހަށްވާ އިރު، މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނު މިނަށް ވުރެ އިހްސާސް ކުރެވޭ ހޫނު މިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އިހުސާސް ކުރެވޭ ހޫނުމިން ހުރި މިންވަރަކީ :

ހަނިމާދޫ - 40.4 ޑިގްރީ ސެލްސިއަސް
ހުޅުލެ - 39.3 ޑިގްރީ ސެލްސިއަސް
ކައްދޫ - 40.4 ޑިގްރީ ސެލްސިއަސް
ކާޑެއްދޫ - 39.6 ޑިގްރީ ސެލްސިއަސް
ގަން - 39.8 ޑިގްރީ ސެލްސިއަސް އެވެ. 
ހޫނުގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް:- ވަރުދެރަވުން - އަކުނިވަޔަށްދެމުން - ބޮލުގައި ރިއްސާ ބޯ އެނބުރުން - ހަށިގަނޑުން ފެން މަދުވުމުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަ ގަދަކޮށް ހުރުން - ލޮލަށް ލިބޭ ގެއްލުން - ހަންގަނޑު އެނދުމުގެ ސަބަބުން ހަންގަނޑު ރަތްވެ ފޮޅުނެގުން އަދި ކުދި ރަތް ބިހި ނެގުންއަދި ވަރުދެރަވެ ބޮލުގައި ރިއްސާ ބޯއަންބުރާ ނުވަތަ އަކުނިވަޔަށް ދެމުންފަދަ ކަމެއް ފެންނަނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމު ކަން މެޓް އޮފީހުން ބުންޏެވެ.މީގެއިތުރުން ކުޑަކުދިން ހޫނު ގަޑިތަކުގައި ބޭރަށް ނުގެންދިއުމާއި ގާތުން ކިރު ދިނުން ނުވަތަ ހަ މަސް ފުރިފައިވާ ކުދިންނަށް ދިޔާތަކެތި/ ފެން ދިނުމާއި ހޫނުގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ގެންދަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިރުޝަދުދީފައިވެއެވެ. އަވިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން - ކުޑަ ބޭނުން ކުރުން - ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ހެދުން ލުން - ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުންކުރުން - ގިނަވަގުތު އަވީގައި ހޭދަކުރާނަމަ އެސްޕީއެފް 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން - ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ކަރު ނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން - ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވިއައިނެއް ބޭނުންކުރުން - ގިނައިން ހަކުރު ހުރި ބުއިންތައް ބޭނުންނުކުރުން - އެންމެ ހޫނު ގަދަވާ ވަގުތު ބޭރަށް ނުނިކުތުން މެޓް އޮފީހުން ފާހަގަކުރި ގޮތުގައި ކޮންމެ އަހަރަކު ވެސް ރާއްޖޭގައި އެންމެ ބޮޑަށް ހޫނުގަދަވަނީ އޭޕްރިލް އަދި މެއި މަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ