
ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އަށް ފުރައިފި
ރާއްޖޭގެ ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އަށް ފުރައިފި
ލިޔުން:
ކޮވިޑް އާ އަންނަ ހަފްތާ ބުދަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި ފަށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު ރޭ އިންޑިއާ އަށް ފުރައިފި އެވެ.
ޖުމްލަ 8 ޓީމަކުން ވާދަކުރާ މި މުބާރާތުގައި މި އަހަރު މުޅިން އަލަށް ދެ ގައުމަކުން ވަދަކުރުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ރާއްޖެ އާއި އިންޑިއާ އާއި ޕާކިސްތާނާއި ނޭޕާލާއި ބޫޓާން އަދި ބަންގްލަދޭޝް އެވެ. އެ ގޮތުން މުޅިން އަލަށް ވާދަ ކުރަން ހަމަ ޖެހިފައިވާ ދެޓީމަކީ ލުބުނާނާއި ކުވައިތެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެނދިއުމަޡށް ހަމަ ޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ ގައުމީ ތީމް ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. އެ ގުރޫޕް ގައި ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ބޫޓާން އާއި ލުބްނާން އަދި ބަންގްލަދޭޝް އެވެ.
ސާފް ޗެމްޕިއަންޝިޕްގެ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 4 ނިޔަލަށެވެ.
ރާއްޖޭގެ ގައުމީ ޓީމުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖަޕާނުގައި ތަމްރީނުތަކެއް ވެސް ހަދާފައެވެ.
ރާއްޖޭގެ ގައުމީ ޓީމް ވަނީ 2008 އަދި 2018 ވަނަ އަހަރުގެ ޗެމްޕިއަންކަންް ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
