މާލެ: 31°C

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން އިން 23 ޖާގަ ކުއްޔަށް ދެނީ

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން އިން 23 ޖާގަ ކުއްޔަށް ދެނީ
May 17, 2023
2 ފަހަރު ބަލާފައި
ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން އިން 23 ޖާގަ ކުއްޔަށް ދެނީ
ހުޅުމާލޭގައި ގާއިމްކުރި ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގައި ޕާކުކުރުމަށް ޖާގައަށް އެދުމުގެ ފުރުސަތު އާބަންކޯ އިން ހުޅުވާލއިފިއެވެ. އާބަންކޯއިން ބުނީ، ކާރަށް ހާއްސަކޮށްފައިވާ މި ޕާކިން ޖާގަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖާގަ ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 ގެ މެންދުރު ފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓަރމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ 'ފިތުރޯނު ސްމަރޓް ޕާކިންގ ޒޯންއިން' ޕާކްކުރުމަށް ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 އަހަރުގެ މުއްދަތަކަށެވެ. މި ޒޯނުން 23 ޖާގަ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އާބަންކޯއިން ބުންޏެވެ. އާބަންކޯއިން ބުނެފައިވަ ގޮތުގައި، މަހު ކުލީގެ ގޮތުގައި ނަގާނީ ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށައަޅާ އަގެވެ. އަދި 3 އަހަރުދުވަހުގެ ކުލި އެއްފަހަރާ ދައްކާ ފަރާތްތަކަށް 7 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ އިރު ކުލި ހިގަން ފަށާނީ ޖާގަ ހަވާލުކުރާ ތާރީހުން ފެށިގެންނެވެ. އާބަންކޯ އިން ބުނެފައިވަނީ، އެއްމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ އާ އެއްގޮތަށް ފަރުމާކޮށްފައިވާ މި ސްޕާޓް ޕާކިންގައި ތަފާޓު ފީޗާސް ހުންނަކަމެށެވެ. އެގޮތުން ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓާ ވިޝަން އިނޭބަލްޑް ކެމެރާއަކުން ރީޑް ވެގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ  ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓާ ކުރެވޭނެ ކަމަށް ވެސް  އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނީ، ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށެވެ. ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަހަށް އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ތައާރަފު ކުރާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ