މާލެ: 31°C

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
August 20, 2024
2 ފަހަރު ބަލާފައި
ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި
ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީ އަރަބިއާއަށް ކުރަވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރ ވަލީއަހުދު ފައިސަލް ބިން ފަރްހާން އައްސައުދާ ބައްދަލުކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގުތިސޯދީ ރޮނގުންނާއި ބައިނަލްއަގުވާމީ ދާއިރާގައި އެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުންނާއި، ސައުދީ އަރަބިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަމަށްޓަކައި ސައުދީ އަރަބިއާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ފަރާތުން ސައުދީގެ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒަށް ފޮނުއްވެވެފި ސިޓީފުޅު ޙަވާލުކުރައްވާފައިވާކަމަށްވެސް ފޮރިނ މިނިސްޓަރީން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ