މާލެ: 31°C
ރާއްޖޭގެ ފަތުވާ ނިޒާމް ތަރައްގީ ކުރަން އޯއައިސީއާއެކު އެއްބަސްވެއްޖެ

ރާއްޖޭގެ ފަތުވާ ނިޒާމް ތަރައްގީ ކުރަން އޯއައިސީއާއެކު އެއްބަސްވެއްޖެ

January 15, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ ފަތުވާ ނިޒާމް ތަރައްގީ ކުރަން އޯއައިސީއާއެކު އެއްބަސްވެއްޖެ
ރާއްޖޭގެ ފަތުވާ ނިޒާމު އުތުރަށް ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މަގްސަދަކީ ފަތުވާ ދިނުމުގެ ނިޒާމް ހަރުދަނާކޮށް ރާއްޖޭގެ އިސްލާމީ ފަތުވާ ކައުންސިލް ތަރައްގީކޮށް ޒަމާނީ ފިގުހީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމުގައި ގުޅިގެން މަސައްކަތްކުރުމަށެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ސައުދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަނާ ދަތުރުގެ ތެރެއިން އިއްޔެއެވެ. އަދި އޯއައިސީގެ އިންޓަރނޭޝަނަލް އިސްލާމިކް ފިގިހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ އެ އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ގުތުބު މުސްތަފާ ސާނޫއެވެ. އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމީ ފިގުހު އެކަޑަ މީއަކީ އިސްލާމީ ދުނިޔޭގެ އިސްލާމީ ޢިލްމީ އެންމެ މަތީ ކައުންސިލެވެ. މި ކައުންސިލްގެ ހެޑް އޮފީސް ހުންނަނީ ޖިއްދާގަ އެވެ. އެ ތަނުގެ ދައުރުގައި އެތަނުގެ ވެރިޔަކީ ހުންނެވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ކުރީގެ ނައިބު ރައީސް ޑރ. ޤުޠުބު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ