މާލެ: 31°C

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި
May 15, 2023
2 ފަހަރު ބަލާފައި
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފި
ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ފުވައްމުލަށް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް އަދި ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު މެޓު އޮފީހުން މިއަދު ހުދު އެލާޓް ނެރެފި އެވެ. މެޓް އޮފީހުން ބުނީ މިސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެތީ، މިއަދު ހެނދުނު 7:00 ން މެންދުރު 13:00 ށް ހުދު އެލާާޓް ނެރެފައިވާކަމުގައެވެ. އެ ވަގުތުގެ ތެރޭގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައ ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. [embed]https://twitter.com/MetMaldives/status/1657925289941368833?s=20[/embed] މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ދުވަސްވަރަކަށްވުމުން، މޫސުމާ ބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީހުން) ނެރޭ އެލާޓްތަކަށް ސަމާލުވާން އެ އިދާރާއިން އެދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ