ބޯހިމެނުމުގެ ތަފާސް ހިސާބު ދައްކާ ގޮތުން، 1990 ވަނަ އަހަރު އެވްރެޖްކޮށް ދަރިން ލިބޭ ނިސްބަތަކީ 6.4 އެވެ. އޭގެ މާނައަކީ އެއިރު ގިނަ އަންހެނުންނަށް އެވްރެޖްކޮށް ލިބެނީ 6-7 ކުދިން ކަމެވެ.
ނަަމަވެސް. މިހާރުގެ އެވްރެޖްކޮށް ގިނަ އަންހެނުނަށް ލިބެނީ 1.7 ކުދިން ނެވެ. އޭގެ މާނަ އަކީ ގިނަ މީހުން ހޯދަނީ އެއް ކުއްޖަކު ނުވަަތަ ދެ ކުއްޖަކަމެވެ. އެހެންވެ ރާއްޖޭގެ ދަރިމައި ވުމުގެ ނިސްބަތް ވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލަށް ގޮސްފަ އެވެ. ޢޭގެ މާނަ އަކީ އާބާދީ ކުރިއަށްދާ ނިސްބަތް މާ ބޮޑަށް ދަށަށް ގޮސްފައި ވާ ކަމެވެ.
ރާއްޖޭގައި އާބާދީ އުފެދޭ ނިސްބަތް އެހާ ދަށްވެފައިވާ އިރު، ގިނަ އަންހެނުންނަށް ދަރިމައި ވުމުގެ މައްސަލަތަކާ ވެސް ވަނީ ކުރިމަތި ވެފައެވެ. ދާދިފަހުން ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކެއާ ކްލިނިކް ހުޅުވައިދެއްވަމުން ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް، ދަރިމައި ނުވުމުގެ މައްސަލަ ކުރިމަތިވެފައި ވާއިރު، އެ ކަމަށް ވަނީ ހައްލެއް ހޯދަން ޖެހިފަ އެވެ.







