މާލެ: 31°C

ރާއްޖޭގައި އުޅުއްވާ ސަފީރުންނަށް ގޯނާކުރުމަކީ ފަލަސްތީނަށް ނަސްރުދިނުމެއްނޫން: ޑރ.ޝަހީމް

ރާއްޖޭގައި އުޅުއްވާ ސަފީރުންނަށް ގޯނާކުރުމަކީ ފަލަސްތީނަށް ނަސްރުދިނުމެއްނޫން: ޑރ.ޝަހީމް
August 29, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި އުޅުއްވާ ސަފީރުންނަށް ގޯނާކުރުމަކީ ފަލަސްތީނަށް ނަސްރުދިނުމެއްނޫން: ޑރ.ޝަހީމް
ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫންކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އެމަނިކްފާނު މިހެންވިދާޅުވީ ފަލަސްތީނު މައްސަލާގައި ސިލްސިލާކޮށް މުޒާހިރާތައް ކުރަމުން ގެންދިޔަ، ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް ގެ އަނބިކަބަލުން ފުލުހުން ހައްޔަރުކުރުމާ ގުޅިގެން އެކްސް ގައި ކުރައްވަމުންގެންދެވި ޕޯސްޓްތަކުގައެވެ. ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން.އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫންކަމަށާއި، އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫންކަމަށެވެ. "ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ ޢާއިލާތަކަށް ގޯނާ ކުރުމަކީ ފަލަޞްޠީނަށް ނަޞްރު ދިނުމެއް ނޫން. އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން." ޑރ.ޝަހީމު ކުރައްވާފައިވާ ޕޯސްޓްގައިވެއެވެ. އަދިވެސް އެމަނިކުފާނު ކުރައްވާފައިވާ އެހެން ޕޯސްޓެއްގައިވަނީ ސަފީރެއްގެ ގޭތެރެެއަށް ކުނިބުނި އެޅުމަކީ ފަލަސްތީނަށް ނަސްރުދިނުން ނޫންކަމަށާއި، އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ހިނގާގޮތް ނޫންކަމަށާއި، ރަނގަޅުގޮތް ބުނެދޭން ތިބޭ މީހުން ހަގީގަތް އޮޅުވާލުމަކީ އިސްލާންދީނަށް ދެވޭނެ އެއްމެ ބޮޑު ގެއްލުންކަމަށެވެ.

ޑރ.ޝަޒްރާ އާއި ޑރ،އިޔާޒް ގެ އަނބިކަނބަލުން ޝާދިޔާ ދިޔައީ މެދުކެނޑުމެއްނެތި މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް މެގަ ފޯނު ބޭނުންކޮށްގެން އަޑުއުފުލަމުންނެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މަސައްކަތް ލަސްވުމުގެ ސަބަބުން މިހާރު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.މަޖިލީހުގެ ކޮމެޓީގައި މިހާރުވަނީ މަޑުޖެހިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ