މާލެ: 31°C
ރާއްޖޭގައި ޕެރަ އެތްލެޓިކްސް މުބަރާތެއް ބާއްވަން އެހީވާނަން: މިނިސްޓަރު ރާފިއު

ރާއްޖޭގައި ޕެރަ އެތްލެޓިކްސް މުބަރާތެއް ބާއްވަން އެހީވާނަން: މިނިސްޓަރު ރާފިއު

January 26, 2024
3 ފަހަރު ބަލާފައި
ރާއްޖޭގައި ޕެރަ އެތްލެޓިކްސް މުބަރާތެއް ބާއްވަން އެހީވާނަން: މިނިސްޓަރު ރާފިއު

ހާއްސަ އެހީތެރިކަމާއެކު ކުޅިވަރު ކުޅޭ، ޕެރަ އެތުލީޓުންނަށް ހާއްސަ ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވަން އެކަމާ ގުޅުންހުރި އެސޯސިއޭޝަނަކުން އެދެފިނަމަ، އެކަމަށް އެހީވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ރާފިޢު ވިދާޅުވީ އެ ވުޒާރާއަށް އަމިއްލައަށް މުބާރާތެއް ނުބޭއްވޭނެ ކަމަށެވެ. ނަމަވެސް ޕެރަ އެސޯސިއޭޝަނުން އެފަދަ މުބާރާތެއް ބާއްވަން އެދެފި ނަމަ އެކަމަށް މަގުފަހިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޕެރަ އެތުލީޓުން ރާއްޖެއިން ބޭރުގެ ބައެއް ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް ބޭރަށް ދާއިރު ފައިސާގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެކަމަށް ހައްލެއް ހޯދަން އެސޯސިއޭޝަންތަކާ ވާހަކަދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ރިކުއެސްޓަކަށްވީ މުޅި އަހަރުގެ ޕްލޭން އަޅުގަނޑުމެންނަށް ދެއްވާށޭ. ހިންގަވާށޭ އެންމެ ލާސްޓް މިނިޓު ކޮމްޕްލިކޭޝަނުން ސަލާމަތްވާން. އެހެންވީމަ އަޅުގަނޑުމެންނަށް ދެއްވާށޭ އަހަރުގެ ޕްލޭން ކުރިއާލާ " މިނިސްޓަރު ވިދާޅުވިއެ

ޕެރަ އެތުލީޓުންނާ ބައްދަލުކޮށް ދެކުވުނު ވާހަކައިގައި އެތުލީޓުން ދާން ނިންމާފައިވާ މުބާރާތާއި، އެ މުބާރާތް އޮންނަ މަސް އެނގޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާނެ ކަމަށް ރާފިޢު ވިދާޅުވިއެވެ. އޭގެ ސަބަބުން ވަގުތުން ފައިސާގެ ކަންކަން ހަމަޖެއްސުމުގެ ބަދަލުގައި، ދުރާލާ އެ ފައިސާ ހަމަޖައްސައި، ބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ ޕެރަ ކުޅިވަރުތަކުގެ ގޮތުގައި ހިމެނޭ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި ޕެރަ ސްވިމިން ތައާރަފުކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖެއިން ވަނީ ޕެރަލިމްޕިކް ކޮމިޓީއެއްވެސް އުފައްދާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ