މާލެ: 31°C

ރާއްޖޭގައި މަދުވެގެން 500 ކުދި ވިޔަފާރިވެރިން އުފައްދާނަން: ގާސިމް

ރާއްޖޭގައި މަދުވެގެން 500 ކުދި ވިޔަފާރިވެރިން އުފައްދާނަން: ގާސިމް
June 10, 2023
2 ފަހަރު ބަލާފައި
ރާއްޖޭގައި މަދުވެގެން 500 ކުދި ވިޔަފާރިވެރިން އުފައްދާނަން: ގާސިމް
ޖުމުހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގައި މަދުވެގެން 500 ކުދި ވިޔަފާރި ވެރިން އުފައްދާނެ ކަމުގައި ޖުމުހޫރީ  ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ، އަންނަ ސެޕްޓެންބަރުމަހުގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އެޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް މިރޭ އެރުުވުމަށް ކާނިވަލު ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުންނެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދު ތަކުގައި ހިމެނޭ ބައެއް ކަންކަން ވަނީ ޖަލްސާގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ތަރައްގީ ކުރުމަށް އެ މަނިކުފާނުގެ ވެރިކަމެއްގައި ފަސް އަހަރު ތެރޭ ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަދުވެގެން 500 ސްމޯލް ބިޒްނަސް ލީޑަރުން އުފައްދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނެ ކަމަށް ވެސް ގާސިމް ވަނީ ވައުދުވެ ވަޑައިގެންފައެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދު ތަކުގެ ތެރޭގައި ވިދާޅުވީ، އާސަންދަ އަކީ ސިޔާސީ ބޭފުޅުން ގާތަށް ގޮސް ސަލާން ޖަހައިން ހޯދަން ނުޖެހޭ ނިޒާމަކަށް ހަދާނެ ކަމަށާއި، އިންސާފު ވެރި ކޮރަޕްޝަން ނެތް ގައުމަކަށް ރާއްޖެ ހަދާނެ ކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ