މާލެ: 31°C
ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ވިހަނީ ސިޒޭރިއަން މެދުވެރިކޮށް: ޔޫއެންއެފްޕީއޭ

ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ވިހަނީ ސިޒޭރިއަން މެދުވެރިކޮށް: ޔޫއެންއެފްޕީއޭ

May 13, 2024
3 ފަހަރު ބަލާފައި
ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ވިހަނީ ސިޒޭރިއަން މެދުވެރިކޮށް: ޔޫއެންއެފްޕީއޭ
ރާއްޖޭގައި ކޮންމެ ފަސް އަންހެނުންގެ ތެރެއިން ދެ އަންހެނުން ވިހަނީ ސިޒޭރިއަން މެދުވެރިކޮށް ކަމަށް އދ. ގެ އާބާދީ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑްގެ ރާއްޖޭގެ ގޮފިން ބުނެފިއެވެ. ޔޫއެންއެފްޕީއޭ މޯލްޑިވްސް އިން ބުނީ ސިޒޭރިއަން ހެދުމުން ފުރާނަ ސަލާމަތްވާ ކަމަށާއި ވިހާ އިރު ސިޒޭރިއަން ހަދަން ޖެހޭނީ ސިއްހީ މައްސަލައެއް ނުވަތަ ހާއްސަ ހާލަތެއް ދިމާވުމުން ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ސިޒޭރިއަން ހެދުމަށް ރިކިރޮމެޓް ކޮށްފައިވާ ރޭޓަކީ 10-15 އިންސައްތަ ކަމަށް ވީ ނަމަވެސް ރާއްޖޭގައި ސިޒޭރިއަން ހަދާ ރޭޓް ހުރީ 40 އިންސައްތައިގައި ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. https://twitter.com/UNFPAMaldives/status/1789547578142388688?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1789547578142388688%7Ctwgr%5Eba6afd46ef8dce115cadd87764211568bba775fb%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1055807%2F އެގޮތުން، 2021 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރިފައިވާ ސިޒޭރިއަންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޮންމެ ފަސް އަންހެނެއްގެ ތެރެއިން ދެ އަންހެނަކު ވިހަނީ ސީ-ސެކްޝަން މެދުވެރިކޮށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ރާއްޖޭގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން އަންނަމުންދާ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަނީ އެކި ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ