މާލެ: 31°C
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކު އެއާޕޯޓް އަޅަން ނިންމައިފި

ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކު އެއާޕޯޓް އަޅަން ނިންމައިފި

January 10, 2024
3 ފަހަރު ބަލާފައި
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކު އެއާޕޯޓް އަޅަން ނިންމައިފި
ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް ހަދަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން އިއުލާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ބެއްވި ބިޒްނެސް ފޯރަމްގެ ތެރެއިންނެވެ. ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް ހިންގަމުންދާއިރު، އެއާޕޯޓް އެޅުމުގެ މި އާ މަޝްރޫތައް ފަށާ ސަރަހައްދުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުން ދާދިފަހުން ވަނީ ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްގީކުރުމަށް ނިންމައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ރާއްޖޭގައި މިވަގުތުވެސް އިންވެސްޓުކުރާ ޗައިނާގެ ކުންފުނިތަކާއި ޗައިނާގައި އިންވެސްޓުކުރާ އެގައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް ހާމަކޮށްފައެވެ. އެގޮތުން 11 މަޝްރޫއޫއަކަށް އިންވެސްޓަރުން ހޯދުމުގެ ޝައުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

އޭގެ ތެރޭގައި، އައްޑޫ ބްރިޖު މަޝްރޫއާއި، ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުމުގެ މަޝްރޫއާއި، އިހަވަންދިއްޕޮޅު ތަރައްގީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫއޫތައް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ