މާލެ: 31°C

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ދިނުމަށް ރީޖިނަލް އެއާޕޯޓްސް އާއި ޔޫއޭއީގެ ދެ ކުންފުުޏެއް ގުޅިގެން ހުށަހަޅަނީ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ދިނުމަށް ރީޖިނަލް އެއާޕޯޓްސް އާއި ޔޫއޭއީގެ ދެ ކުންފުުޏެއް ގުޅިގެން ހުށަހަޅަނީ
August 21, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ދިނުމަށް ރީޖިނަލް އެއާޕޯޓްސް އާއި ޔޫއޭއީގެ ދެ ކުންފުުޏެއް ގުޅިގެން ހުށަހަޅަނީ
ރާއްޖޭގައި އިމަޖެންސީ އިވެކުއޭޝަން އަދި ފަތުރުވެރިން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުށް ޓްރާންސްޕޯޓް މިނިސްޓަރީން ހުޅުވާލުމާ ގުޅިގެން ރީޖިނަލް އެއާޕޯޓްސް ލިމިޓެޑުން ޔޫއޭއީ 2 ކުންފުޏަކާ ގުޅިގެން ޕްރޮޕޯސަލް ހުސަހެޅުމަށް ނިންމައިފިއެވެ. ރާއްޖޭގައި އެ ޙިދުމަތް ފޯރުކޮސްދިނުމަށް ހުށަހެޅުމަށްޓަކައި ދުބާއީގައި ހެލިކޮޕްޓަރުގެ ޙިދުމަތާއި އަދި ވާޓިޕޯޓް އޮޕަރޭޓިންގެ ހިޑުމަތް ދޭ ކުންފުންޏެއް ކަމަށްވާ އެއާ ޝަޓޯއަ (ޑީޑަބްލިއުސީ) އާއި އަބޫދާބީގެ ވިންގްސް ކެޕިޓަލް މެނޭޖްމަންޓާ  އެކު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ވަނީ އެމްއޯޔޫއެއްގައި ސޮއި ކޮށަފއެވެ. އެ އެމްއޯޔޫގައި ވިންގްސް ކެޕިޓަލް މެނޭޖްމަންޓުން ސޮއިކޮށްފައިވަނީ ޕްރޮޖެކްޓް މެނޭޖްމަންޓް ފެސިލިޓޭޓަރެއްގެ ގޮތުގައެވެ. އަދި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުން އެ ކުންފުނިތަކާ އެކު ހަދާފައިވާ އެމްއޯޔޫ އަކީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޙިދުމަތް ފޯރުކޮށްްދިނުމަށްޓަކައި އެ ކުންފުނިތަކާ އެކު ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއް ގާއިމުކުރުމަށްޓަކައި ހަދާފައިވާ އެމްއޯޔޫ އެކެވެ. އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ 1200 އަށްވުރެ ރަށް ގުޅާލުމަށް އެއާޗެޓޫއިން ވާޓިޕޯޓްސް އާއި ޑްރޯންޕޯޓްގެ ނެޓްވޯކެއް ތަރައްގީ ކުރާނެކަމަށްވެސް ބުނެފައިވައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން 100 ހައިބްރިޑް ވާޓިޕޯޓް އާއި، 500 ޑްރޯން ޕޯޓު ގާއިމް ކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެ އެމްއޯޔޫގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީވީޓީއޯއެލްތަކާއި އެޑްވާންސް އެއާ މޮބިލިޓީ އިންފްރާސްޓްރަކްޗާ ތަކާއި، ވީވީއައިޕީ އަދި އެޗްއެންއައި އެއާ ޓެކްސީ އޮޕަރޭޝަންތަކާއި ކޮމާޝަލް ކާގޯ އަދި ޕެސެންޖަރު އޮޕަރޭޝަންތައް ފެށުމާއި، ޑްރޯން އަދި ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (ވީޓީއޯއެލް) އެއާކްރާފްޓް އޮޕަރޭޝަންތަށް ފެށުމަށްވެސް ހިމަނާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ