މާލެ: 31°C

ގެސްޓްހައުސްގެ ވިޔަފާރި ކޮށްފިނަމަ "އުޑު ބޮލަށް ވެއްޓޭނެ ކަމަށް" ބައެއް މީހުން ވަކާލާތު ކުރަމުން ގެންދިޔަ: ރައީސް ނަޝީދު

January 16, 2023
2 ފަހަރު ބަލާފައި
ގެސްޓްހައުސްގެ ވިޔަފާރި ކޮށްފިނަމަ "އުޑު ބޮލަށް ވެއްޓޭނެ ކަމަށް" ބައެއް މީހުން ވަކާލާތު ކުރަމުން ގެންދިޔަ: ރައީސް ނަޝީދު
ގެސްޓްހައުސްގެ ވިޔަފާރި ކޮށްފިނަމަ "އުޑު ބޮލަށް ވެއްޓޭނެ ކަމަށް" ބައެއް މީހުން ވަކާލާތު ކުރަމުން ގެންދިޔަ: ރައީސް ނަޝީދު
ގެސްޓްހައުސްގެ ވިޔަފާރި ހިންގުމަކީ އެއްގޮތަކަށްވެސް ކޮއްގެންވާނެ ކަމެއް ނޫންކަމަށާއި އެކަން ކޮށްފިނަމަ އުޑު ބޮލަށްވެއްޓޭނެކަމަށް ގާތްގަނޑަކަށް އަޅުގަނޑުމެންގެ ތެރޭގައި ވެެރިން ވަކާލާތު ކުރަމުން ގެންދިޔަ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް މިހާރު ކުރައްވަމުން ގެނމްދަވާ ކެމްޕެއިން ދަޠުރުގައި ވ. ފުލިދޫގައި ވާހަކަދައްކަވަކުން ރައީސް ނަޝީދު ވިދާޅުވީ، އެންޑީޕީގެ ސިޔާސަތު ތަންފީޒު ނުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ގެސްޓުހައުސްގެ ވިޔާފާރީގެ ސަބަބުން ރައްޔިތުންގެ އަތްމަތި ތަނަވަސްވެ ލިބޭ އާމްދަނީ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. "މިއަދު އަޅުގަނޑު މިރަށަށް އައިއިރު ސަތޭކައަށް ވުރެ ގިނަ ގެސްޓުން ޓުވަރިސްޓުން މިރަށުގައި އެބައުޅޭ. އެހާގިނަ ޓުވަރިސްޓް އެނދު މިރަށުގައި އެބަހުރި. ޓްވަރިސްޓުންނަށް ބޭނުންވާ ޚިދުމަތްތައް މި އަންނަނީ މިރަށްރަށުން ދެމުން. އެހެންވީމާ ތިބޭފުޅުންނަށް އެލިބޭ އިތުރު އާމްދަނީ އެދަނީ ލިބެމުން. މި ވިޔަފާރީގައި، މި ވިޔަފާރިން މި ލިބޭ ނަފާއަކީ އެއްވެސް އެހެން ބޭފުޅެެއް ތިޔަބޭފުޅުންނަށް ދިން އެއްޗެއްނޫން. އެއީ ތިބޭފުޅުންގެ އެއްޗެއް، އެއީ އެމްޑީޕީގެ ސިޔާސަތެއް. އަޅުގަނޑުމެން އެސިޔާސަތު ތަންފީޒުކުރަމުން ގެންދިޔައީތީ ނުކުމެފައިވާ ނަތީޖާ. މިއަދި އަޅުގަނޑު ކަންބޮޑުވަނީ އެމްޑީޕީގެ ސިޔާސަތުތައް އަޅުގަނޑުމެން ދޫކޮއްލާ އެތަންފީޒު ނުކުރުމަށް ބާރު އަޅަމުންދާތީ". ރައީސް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުގެ 60 ޕަސެންޓަކީ އެމްޑީޕީގެ ވިސްނުން ނޫން ސިޔާސަތުތައްކަމަށާއި އެ ސިޔާސަތުތަކަކީ އެމްޑީޕީގެ ވެރިކަމުގެ ކުރިން ކަން ހިނގިގޮތަށް ކަންހިންކަން ތާއީދު ކުރާ ސިޔާސަތުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގައި ގެސްޓްހައުސްގެ ވިޔަފާރި ތައާރަފްވެގެންދިޔައީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ