އޭގެ އިތުރުން، ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނޭއިރު، ޑަބްލިއުއެޗްއޯއިން އަންދާޒާކުރާ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގައި މަރުވާ މީހުން ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެގޮތުން، އެޗްޕީއޭއިން ބުނީ ކެންސަރު ބަލިން ރައްކާތެރިވުމަށާއި އެ ބަލި ކޮންޓްރޯލްކުރަން ކުރާ މަސައްކަތުގައި ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމްކޮށް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ހޮސްޕިޓަލުތަކުގެ ރަޖިސްޓްރީގައި ތިބި ކެންސަރު ބަލި މީހުން އެ ރަޖިސްޓްރީއަށް އަޅާ އަދާ ހަމަކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތައް:
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ދުމަށް ހުށަހެޅުން
-
ކެއިންބުއިމުގެ ނުރަނގަޅު އާދަތައް
-
ދުފުން
-
އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތުކޮށް ނޫޅުން
-
ބަރުދަން ހުންނަންވާ ވަރަށް ވުރެ އިތުރުވުން
-
ބަނގުރާ ބުއިން
ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
-
އެޗްޕީވީ ވެކްސިން ޖެހުން
-
އަވިން ރައްކާތެރިވުން
-
ދަރިފުޅަށް ގާތުން ކިރުދިނުން
-
ރައްކާތެރި ގޮތުގައި ޖިންސީ ގުޅުން ހިންގުން
-
ކެއުމުގައި ވީހާ ވެސް ގިނައިން ތަރުކާރިއާ މޭވާ ބޭނުންކުރުން
-
ގަވައިދުން ކަސްރަތުކޮށް ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން







