މާލެ: 31°C

ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަނެއް ގާއިމްކޮށްފި

ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަނެއް ގާއިމްކޮށްފި
May 25, 2023
2 ފަހަރު ބަލާފައި
ރާއްޖޭގައި އޮސްޓްރޭލިއާ ހައިކޮމިޝަނެއް ގާއިމްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހުޅުވައިފިއެވެ.

ފޮރިން މިނިސްޓަރު ޝަހިދު ކުރެެއްވި ޓްވީޓެއްގައި ވިދަޅުވީ، އޮސްޓްރޭލިއާ ހައިކޮމިޝަނެއް މާލޭގައި ގާއިމް ކުރެވުމަކީ ވަރަށް އުފާވެރިކަމެއްކަމުގައެވެ. މި އާ ހަރުފަތާއެކު ރާއްޖެއާ އޮސްޓްރޭލިއާ ދެމެދު އޮންނަ ގާތް އަދި އެކުވެރި ގުޅުން އާ އުސްމިންތަކަކަށް ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައި ވެސް މިނިސްތަރު ޝާހިދު ވިދަޅުވި އެވެ.  [embed]https://twitter.com/abdulla_shahid/status/1661423882480533506[/embed]

ހައި ކޮމިޝަންގެ ވެބްސައިޓްގައިވާ ގޮތުން ހޮޓަލް ޖެންގެ ފަސްވަނަ ފަންގިފިލާގައި ހައި ކޮމިޝަން ހަދާފައިވިޔަސް ޕާސްޕޯޓާއި ވިސާގެ ހިދުމަތް އަދިވެސް ލިބޭނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައި ކޮމިޝަނުންނެވެ.

އޮސްޓްރޭލިއާއަށް ދާން ބޭނުންވާ ދިވެހިންނަށް ކުރިން ހިދުމަތް ދެމުން ގެންދިޔައީ ލަންކާގައި ހުންނަ ހައި ކޮމިޝަނުންނެވެ. ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ހާރިޖީ ވަޒީރު އިއުލާންކުރެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގަ އެވެ. ތައުލީމު ހާސިލްކުރުމަށާއި އަދި ވަޒީފާ އަދާކުރުމަށް ވެސް ދިވެހިން މިހާރަކަށް އައިސް އެންމެ ގިނައިން ދާ ހިޖުރަކުރާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ. ދިވެހިރާއްޖެއިން އޮސްޓްރޭލިއާއެކު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖޫން 1974 ގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ