މާލެ: 31°C
ރާއްޖޭގައި އަލަށް އަރަބި ކިޔަވައިދޭ އިިންސްޓިޓިއުޓެއް ގާއިމުކުރަނީ

ރާއްޖޭގައި އަލަށް އަރަބި ކިޔަވައިދޭ އިިންސްޓިޓިއުޓެއް ގާއިމުކުރަނީ

July 21, 2024
2 ފަހަރު ބަލާފައި
ރާއްޖޭގައި އަލަށް އަރަބި ކިޔަވައިދޭ އިިންސްޓިޓިއުޓެއް ގާއިމުކުރަނީ
އަރަބި ބަސް ކިޔަވައި ދިނުމަށްޓަކައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓިއުޓް" އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރަން މަޝްވަރާކޮށްފިއެވެ. އެފަދަ ތަނެއް ގާއިމުކުރަން ޝައުގުވެރިކަން ފާޅުކުރީ ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ނެވެ. އެގޮތުން، އެކަމާ ގުޅޭ ގޮތުން އެ ޔުނިވާސިޓީގެ އިސްވެރިންނާއި ހަޔާ އެޑިއުކޭޝަންގެ އިސްވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުވުމުގައި، ޔުނިވާސިޓީން ވަނީ އެ އިންސްޓިޓިއުޓް ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކޯސްތައް އެކްރެޑިޓްކުރުމާ ގުޅޭ މައުލޫމާތުތައް މިނިސްޓްރީއާ ހިއްސާ ވެސް ކޮށްފައެވެ. އަދި އެ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ރާއްޖެ އާއި ސައުދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ. ނަމަވެސް އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި އަރަބި ބަސް ދަސްކޮށްދޭ އިންސްޓިއުޓެއް ގާއިމުކުރާއިރު، ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔައިދޭ ސްކޫލަކަށް ހުންނަނީ މާލޭގައި ހިންގަމުން އަންނަ އަރަބިއްޔާ ސްކޫލް އެކަންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ