ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފް ސެންޓަރެއް ހުޅުވައިފި
ލިޔުން:
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައި، އައިވީއެފް ގެ ހިދުމަތްދޭން ފަށައިފިއެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ، މިއަދު ހެނދުނު އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެ ރަސްމިއަޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުން އައިވީއެފް ހަދަން 3-4 ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމުވުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެނިކްފާނު ވިދާޅުވިއެވެ.
މިހާތަނަށް ދިވެހިން އައިވީއެފްގެ ހިދުމަތް ހޯދަމުން އައީ ރާއްޖެއިން ބޭރުން ކަމަށްވާއިރު، އެންމެ ގިނަ މީހުން އައިވީއެފް މެދުވެރިކޮށް ދަރިން ހޯދަން ދަނީ އިންޑިއާ އަދި ސްރީ ލަންކާގެ ހޮސްޕިޓަލްތަކަށެވެ. މި ހިދުމަތަށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން އައިވީއެފް އަށް ދާ ހަރަދުގެ އިތުރުން ފަރުވާއަށް ގިނަ ދުވަހު ބޭރުގައި ހުރުމާއި ކެއުމަށް ވެސް ބޮޑު ހަރަދެއް ދެއެވެ.
އެގޮތުން މިލިއަނެއްހާ ޑޮލަރު (15.4 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ގާއިމްކުރި ސެންޓަރުން ރާއްޖޭގައި އެ ހިދުމަތް ދެނީ 46،000ރ. އަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ މި ހިދުމަތް ފެށުމަށް 15.4 މިލިއަން ރުފިޔާ ހަރަދުކޮށް، ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމާއި މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީންކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
