
ރާއްޖޭގެ ސަފީރު ފަލަސްތީނުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ރާއްޖޭގެ ސަފީރު ފަލަސްތީނުގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ލިޔުން:
ރާއްޖެއިން ފަލަސްތީނަށް ކަނޑައެޅި ސަފީރު މުހައްމަދު ޚަލީލް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ.
ރާއްޖެ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަނީ، ނޮން ރެސިޑެންޝަލް ސަފީރެކެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ އުރުދުންގައި ހުންނަ ފަލަސްތީނުގެ އެމްބަސީގަ އެވެ.
[embed]https://twitter.com/abdulla_shahid/status/1631006154699538444[/embed]
އެ ރަސްމިއްޔާތުގައި ފަލަސްތީނުގެ ރައީސް އައްބާސް ، ރައީސް ސޯލިހް، ފަލަސްތީނާއި ދޭތެރޭ ބަހައްޓަވާ ހާއްސަކަން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވައި، ރައީސް ސޯލިހަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިހްތިރާމާއި ވެދުން ދެންނެވުމަށް އެދިވަޑައިގެންނެވި އެވެ.
އަދި އެގައުމުގެ މިނިވަންކަމަށްޓަކާ، ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރުން ކުރާ ތާއީދު ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އިއްޔެ ސަފިރު މުހައްްމަދު ހަލީލު ފަތްކޮޅު އަރުވާފައިވާ އިރު ، މިއީ ދިވެހިރާއްޖޭގެ ފަރާތުން ފަލަސްތީނުގެ ރައީސަކަށް ސަފީރުކަމުގެ ފަތްކޮޅު އެރުވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
