ރާއްޖޭގެ މޫސުމީ ރެކޯޑްތައް: 21 ޑިގްރީއަށް އަށް ފިނިވި، 2،837 އެމްއެލްގެ ވާރޭ

ރާއްޖޭގެ މޫސުމީ ރެކޯޑްތައް: 21 ޑިގްރީއަށް އަށް ފިނިވި، 2،837 އެމްއެލްގެ ވާރޭ
ލިޔުން:
ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ބައެއް ރެކޯޑްތައް މޫސުމާ ބެހޭ އިދާރާ ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް އިން (މެޓް އޮފީހުން) މިއަދު އާއްމުކޮށްފި އެވެ.
މެޓް އޮފީހުން އާއްމުކުރި ރާއްޖޭގެ މިދިޔަ އަހަރުގެ މޫސުމީ ރެކޯޑްތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މޫސުމީ މައުލޫމާތުތައް ރެކޯޑްކުރާ ނިޒާމުތައް ގާއިމްކޮށްފައިވާ ރަށްތަކުގެ ތެރެއިން މިިދިޔަ އަހަރު އެންމެ ހޫނު ގަދަ ދުވަސްތައް އައީ ހދ. ހަނިމާދުއަށާއި ލ.ކައްދުއަށެވެ. އެއާޕޯޓް އޮންނަ އެ ދެ ރަށަށް ވެސް އެންމެ ހޫނު ގަދަ ވި ދުވަހު ފިނިހޫނުމިން އެރީ 33.8 ޑިގްރީ ސެލްސިއަސް އަށެވެ. ހަނިމާދުއަށް އެ ވަރަށް ހޫނު ގަދަވީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ 30 ވަނަ ދުވަހާއި މޭމަހުގެ ދެވަނަ ދުވަހު އެވެ. ކައްދުއަށް އެވަރަށް ހޫނު ގަދަވީ އޭޕްރިލްމަހުގެ 24 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ރަށަކަށް ފިނިހޫނުމިން އެންމެ ދަށަށް ދިޔައީ 21.6 ޑިގްރީ ސެލްސިއަސް އަށެވެ. ހދ. ހަނިމާދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ގަމަށް ވެސް މިދިޔަ އަހަރުގެ ބައެެއް ދުވަސް ދުވަހު ފިނިހޫނުމިން އެވަރަށް ދަށަށް ދިޔަ އެވެ. ހަނިމާދުއަށް ފިނިހޫނުމިން އެވަރަށް ދަށަށް ދިޔައީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ފަސް ވަަނަ ދުވަހު އެވެ. ކާޑެއްދުއަށް ކާޑެއްދުއަށް އޮގަސްޓް 25 ގައެވެ. ގަމަށް އޮގަސްޓް ތިނެއް ގަ އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ރަށަކަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް އެއް ދުވަހެއްގެ ތެރޭގައި 139.6 މިލިލީޓަރުގެ ވާރޭ ވެހުނެވެ. އެއީ ޖުލައިމަހުގެ 17 ވަނަ ދުވަހު އެވެ. ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ގދ. ކާޑެއްދުއަށެވެ. އެރަށަށް އެ ދުވަހެއްގެ ތެރޭގައި 124.8 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
ރާއްޖޭގެ ރަށަކަށް މިދިޔަ އަހަރު އެންމެ ބާރަށް ވައިޖެހުނު ކަމަށް މެޓްއޮފީހުގެ ރެކޯޑްތަކުން ދައްކަނީ 54 މޭލަށެވެ. އެއީ މޭމަހުގެ 16 ވަނަ ދުވަހު ހުޅުލެއަށެވެ. ހުޅުލެއަށް އެ ދުވަހު ވައިޖެހުނީ ހުޅަނގުންނެވެ.
މެޓް އޮފީހުގެ ރެކޯޑްތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަކޮށް އެންމެ ގިނަ ވާރޭ ވެހުނީ ވެސް ހުޅުލެއަށެވެ. އެއީ 2،105.5 މިލިލީޓަރުގެ ވާރެ އެވެ. ދެވަނަ އައަށް އެންމެ ގިނައިން ވާރޭ ވެހުނު ކައްދުއަށް ވެހިފައި ވަނީ 2،061.8 މިލިލީޓަރުގެ ވާރެ އެވެ. މިދިޔަ އަހަރުގެ ރެކޯޑްތައް ދައްކާ ގޮތުން އެންމެ ގިނަ އިރު އަވި ދިނީ ވެސް ހުޅުލެއަށެވެ. އެއީ 2،837.1 ގަޑި އިރު އެވެ. ދެވަނައަށް އެންމެ ގިނަ އިރު އަވި ދިން އައްޑޫ ގަމަށް އަވި ދިނީ ޖުމްލަ 2،834.4 ގަޑި އިރު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
