
ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި: ރައީސް
ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރި: ރައީސް
ލިޔުން:
ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި، އޮމާން ދިވެހިގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެ މެސެޖުގައި ރައީސް ވަނީ، ފަތުރުވެރިކަމުގެ ބިންގަލަކީ، މިތުރުވެރިކަމާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެ ދުވަސް ފާހަގަކުރަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، "ކުރުނބާ ވިލެޖް"ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
