މާލެ: 31°C
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެއްޖެ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެއްޖެ

April 13, 2024
3 ފަހަރު ބަލާފައި
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެއްޖެ
ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވަނީ މިއަދު މެންދުރުފަހު 16:00 އާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމަޔަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުރުރާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. މިހާރު ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމަށްވާ "އައްސިދަ" އެވެ. މި ނަކަތުގެ ފެށޭކޮޅު ޢާންމުގޮތެއްގައި ވައިގަދަވެ ވިއްސާރަވާނެއެވެ. ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފައެވެ. މިގޮތުން ހއ ގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މޫސުން ގޯސްވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިމިވަނީ ހޫނުގަދަ ދުވަސްތަކަކަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.  މޫސުމާ ބެހޭ އިދާރާއިން ފާހަގަކުރާގޮތުގައި މިދިޔައީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ހޫނުގަދަ ދުވަސްތަކެވެ. މިގޮތުން ވޭތުވެ ދިޔަ ބައެއް ދުވަސްތަކުގައި އިހްސާސް ކުރެވޭ ހޫނުމިން ވަނީ 40 ޑިގްރީ ފަހަނަ އަޅައިގޮސްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ