މާލެ: 31°C

ރާއްޖޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގެ މީހުން، ގިނައީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު

February 4, 2023
2 ފަހަރު ބަލާފައި
ރާއްޖޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގެ މީހުން، ގިނައީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު
ރާއްޖޭގައި މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުގެ މީހުން، ގިނައީ ފުއްޕާމޭގެ ކެންސަރާއި އުރަމަތީގެ ކެންސަރު
ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 ޕަސެންޓަކީ ކެންސަރުބަލީގައި މަރުވާ މީހުން ކަމަށާއި ފިރިހެނުންނަށް އެންމެ ގިނައިން ޖެހެނީ ފުއްޕާމެގެ ކެންސަރު ކަމަށާއި އަންހެނުންނަށް އެންމެ ގިނައިން ޖެހެނީ އުރަމަތީގެ ކެންސަރު ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. ދުނިޔޭގެ ކެންސަރުގެ ދުވަހާއި ގުޅިގެން ހެލްތް މިނިސްޓްރީން ނެރުނު ނޫސަބަޔާނެއްގައި ބުނީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަަމައަށް 7500 އަށްވުރެ ގިނަ މީހުން ކެންސަރަށް ފަރުވާ ހޯދާފައިވާ ކަމަށް ދައުލަތުގެ ހެލްތު އިންޝުއަރެންސް ނިޒާމު "އާސަންދަ" ގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އާސަންދައިގެ ތަފާސް ހިސާބުތަކާ ހަވާލާދީ ހެލްތުން ބުނީ ކެންސަރަށް ފަރުވާ ހޯދު ފިރިހެނުންގެ ތެރޭގައި ގިނައީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދި މީހުން ކަމަށެވެ.  އަދި އަންހެނުންގެ ތެރެއިން އެންމެ ގިނަ މީހުން ފަރިވާ ހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ. ފުއްޕާމޭގެ ކެންސަރުގެ އިތުރުން ފިރިހެނުނަށް ޖެހޭ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ އާންމު ވައްތަރުތަކަކީ، ޕްރޮސްޓްރޭޓް، ކޮލޮރެކްޓަލް، ބަނޑު އަދި ފުރަމޭގެ ކެންސަރެވެ. އަދި އުރަމަތީގެ ކެންސަރުގެ އިތުރުން އަންހެނުންގެ މެދުގަ އޭންމެ އާންމު ވައްތަރުތަކަކީ ، ކޮލޮރެކްޓަލް، ފުއްޕާމޭ ، ސާވިކަލް އަދި ތައިރޮއިޑް ކެންސަރެވެ. ކެންސަރު ބަލި ޖެހުން ގުޅިފައިވަނީ  ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއާ އެެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ކެއިން ބުއިމުގެ ނުރަނގަޅު އާދަތަކާއި ކަސްރަތު ނުކުރުން ފަދަ ނުބައި އާދަތައް އޭގެ ތެރޭގައި ހިމެނެ އެވެ. ރާއްޖޭފގައި ކެންސަރު ބަލި ކޮންޓްރޯލްކޮށް މަދުކުރުމަށްޓާކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭނެއް އެކުލަވާލުމާއި، ކެންސާ ރަޖިސްޓްރީ ގާއިމް ކުރުން ހިމެނެއެވެ. ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށްޓައި ލ. ގަމުގައި ހަދަން ސަރުކާރުން ނިންމާފައި ވާއިރު އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ