މާލެ: 31°C

ރާއްޖޭގައި "ކުރޮޅި" ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ރާއްޖޭގައި "ކުރޮޅި" ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި
March 16, 2023
2 ފަހަރު ބަލާފައި
ރާއްޖޭގައި "ކުރޮޅި" ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި
އޮޓޯ ރިކްޝޯ ނުވަތަ ދިވެހިންގެ މެދުގައި މަޝްހޫރު ނަމުން ނަމަ "ކުރޮޅި" ރަޖިސްޓްރީ ކުރެވޭ ގޮތަށް، އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވައިދު ބަދަލުކޮށްފި އެވެ. "އެެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް (3) ވަނަ އިސްލާހު ގެނައުމުގެ ގަވައިދު" ގެ ނަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިރުކުރި ގަވައިދުގައިވާ ގޮތުން ޕަސިންޖަރުން އުފުލާ، ތިން ފުރޮޅުލީ އުޅަނދުގެ ދެ ބާވަތެއް، ރަޖިސްޓްރީ ކުރުމަށް ޓަކައި އާ ދެ ކެޓަގަރީއެއް ވަނީ އިތުރުކޮށްފަ އެވެ. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގައި ޕަސިންޖަރުން އުފުލާ އުޅަނދުތަކަށް މީގެ ކުރިން އޮތީ ފަސް ކެޓަގަރީ އެކެވެ. އެއީ ސައިކަލު، ކާރު، އަދި ވޭން، ކުދި ބަސް އަދި ބޮޑެތި ބަސް ރަޖިސްޓްރީ ކުރާ ކެޓަގަރީ ތަކެވެ. އެއީ "އޭ-0، އޭ-1، ބީ-0، ބީ-1، ބީ-2 އެވެ. ރަޖިސްޓްރީ ކުރެވޭ އުޅަނދުތަކުގެ ކެޓަގަރީތައް ކަނޑައަޅާފައި އޮންނަނީ އެ ގަވައިދުގެ 12 ވަނަ މާއްދާގަ އެވެ. އިއްޔެ ގެޒެޓްކުރި އިސްލާހުގައި އެ މާއްދާއަށް ދެ ނަމްބަރެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އިތުރުކުރި 11 ވަނަ ނަމްބަރުގައި އޮތީ "ބީ-3" ގެ ނަން ދީފައިވާ ކެޓަގަރީއެކެވެ. އަދި 12 ވަނަ ނަމްބަރުގައި "ބީ-4"ގެ ނަން ދީފައިވާ ކެޓަގަރީ އެކެވެ. މީގެ ތެރެއިން 11 ވަނަ ނަމްބަރުގައިވާ "ބީ-3" ކެޓަގަރީ ގައި ރަޖިސްޓްރީ ކުރެވޭނީ މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ތިން މީހުންނަށް ވުރެ އިތުރުނުވާ، ފަސިންޖަރުން އުފުލާ، 3 (ތިނެއް) ފުރޮޅުލީ އުޅަނދު ތަކެވެ. އަދި 12 ވަނަ ނަމްބަރުގައިވާ "ބީ-4" ގައި ރަޖިސްޓްރީ ކުރެވޭނީ މީހުން އުފުލުމަށް ބޭނުންކުރާ، އިށީނުމުގެ ޖާގަ ހަތަރު މީހުންނަށް ވުރެ އިތުރުވާ، ފަސިންޖަރުން އުފުލާ، ތިން ފުރޮޅުލީ އުޅަނދު ތަކެވެ. ގަވައިދު މިގޮތަށް ބަދަލުކުރުމުން، ރާއްޖޭގައި އޮޓޯ ރިކްޝޯ ރަޖިސްޓްރީ ކުރެވޭނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ