
ރާއްޖޭގައި ފުޓްބޯޅަ ދަނޑުތައް އަޅާލެއް ގިނަކަމުން އިންފެންޓީނޯ ހުރީ ކޮސްވެފައި: މަހުލޫފް
ރާއްޖޭގައި ފުޓްބޯޅަ ދަނޑުތައް އަޅާލެއް ގިނަކަމުން އިންފެންޓީނޯ ހުރީ ކޮސްވެފައި: މަހުލޫފް
ލިޔުން:
ރާއްޖޭގައި ފުޓްބޯޅަ ދަނޑުތައް އަޅާލެއް ގިނަ ކަމުން ފީފާގެ ރައީސް ގިއާނީ އިންފެންޓީނޯ ހުންނެވީ ހައިރާންވެފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދިރުވައި ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑެތި މައްސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ފުޓްބޯޅަ ދަނޑުތައް ހެދުމަކީ އޭގެ އެއް މިސާލުކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން އެޅި ފުޓްބޯޅަދަނޑުތަކުގެ އަދަދު 50 އަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަހަރު ތެރޭ އިރާދަކުރެއްވިއްޔާ 50 ވަނަ ދަނޑު އަޅުގަނޑުމެން ހުޅުވައިދޭނަން. ހިމަންދޫ މިއަދު އެ ހަވާލުކުރީ ނިންމާފައި. މީގެ ކުރިން، ސަރުކާރަކުން އަޅާލަދިން އެންމެ ފުޓްބޯޅަދަނޑެއް ވެސް ނެތް. އިންފަންޓީނޯއާ ދިމާވެގެން، ފުޓްބޯޅަދަނޑު އަޅާ ވާހަމަ ބުނީމާ ހުރީ ކޮސްވެފައި. އެހެންނު ވާނީ ކުޑަކުޑަ ގައުމެއްގައި އަޅުގަނޑުމެން ގޮސް 300 މީހުންނަށް ވެސް އެބަ އަޅާލަދެން ދަނޑު،" މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން މަަސައްކަތްކުރާ ކަމަށާއި މައްސަލަ އޮތީ ރާއްޖޭގެ ޓޮޕް ލީގުގެ ތެރޭގައި ކަމަށެވެ. އެކަން ހައްލުކުރަން ވެސް މިނިސްޓްރީން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް އެފްއޭމަށް ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
