މާލެ: 31°C
ރާއްޖޭގައި ބޭނުންކުރާ ބޭހަށްވުރެ އުކާލާ ބޭސް ގިނަ: އެމްއެފްޑީއޭ

ރާއްޖޭގައި ބޭނުންކުރާ ބޭހަށްވުރެ އުކާލާ ބޭސް ގިނަ: އެމްއެފްޑީއޭ

February 3, 2024
3 ފަހަރު ބަލާފައި
ރާއްޖޭގައި ބޭނުންކުރާ ބޭހަށްވުރެ އުކާލާ ބޭސް ގިނަ: އެމްއެފްޑީއޭ
ރާއްޖެއަށް އެތެރެކުރާ ބޭހުގެ ތެރެއިން،، އެންމެ ގިނައީ އުކާލަންޖެހޭ ބޭސްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކޮށްފިއެވެ. ވީޓީވީގެ ކަރަންޓް އެފެއާޒް ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލް ވިދާޅުވީ، ބޭސް އުފައްދާ ކުންފުނިތައް ހިނގާގޮތަށް ބަލާއިރު، ބޭސް އުފައްދަކީ ބަލްކްކޮށް ކަމަށާއި، ރާއްޖެއަކީ ބަލްކުކޮށް ބޭސް އެތެރެކުރާ ގައުމަކަށް ނުވާތީވެ، ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައިވެސް ދަތިތަކެއް ހުންނަ ކަމަށެވެ. ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް މިހާރުވެސް 80 އަށް ވުރެ ގިނަ ކުންފުންޏަށް ވަނީ ހުއްދަ ދީފައެވެ. އަދި ބޭސް އެތެރެކުރާ ފަރާތްތަކުން އާއްމުގޮތެއްގައި ބޭސް އެތެރެކުރަނީ އެ ފާމަސީއަކަށް ވާވަރަށް ކަމަށެވެ. އައިޝަތު ޖަލީލް ވިދާޅުވީ އެމްއެފްޑިއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް އެތެރެކުރ ބޭހުގެ ތެރެއިން ގިނައީ އުލާލާ ބޭސް ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ބެލިނަމަވެސް ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ. "އެހާ އަގުބޮޑުކޮށް ގަނަގެން ބޭސް އެތެރެކުރާއިރު، ގައުމެއްގެ ހައިސިއްޔަތުން މިއީ ހަމަ ވަރަށް ބޮޑު ގެއްލުމެއް. ރާއްޖޭގައި މިހާރު އޮތް ޕްރޮކިއުމެންޓް ސިސްޓަމް ހަރުދަނާކުރަން އެބަޖެހެ" އެމްއެފްޑިއޭގެ ސީނިއާ ފާމަސިސްޓް އައިޝަތު ޖަލީލް ވިދާޅުވިއެވެ. އެމްއެފްޑީއޭއަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތައް ޓެސްޓްކުރެވޭނެ ގާބިލުކަން ކުޑަވުމާއި، ފާމަސިސްޓުން ލިބުމުގެ ދަތިކަމަކީ މި ދާއިރާގައި އެމްއެފްޑީއޭއަށް ހުރި އެންމެބޮޑު ގޮންޖެހުންތައް ކަމަށެވެ. މީގެ އިތުރުން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތައް ރައްކާކޮށްފައި ހުންނަގޮތުން ހަލާކުވާ މައްސަލަވެސް ބޮޑުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ