ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައި މިވަނީ ރައްޖެ ކައިރިން ދަތުރުކުރި އިޒްރޭލުގެ ދެ ތެޔޮއުފުލާ ބޯޓަކަށް ޔަމަންގެ ހޫސީ ހަނގުރާމަވެރިން ޑްރޯނެއް ބޭނުންކޮށްގެހަމަލާދީފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ހަބަރަކާ ގުޅިގެންނެވެ. އެމްއެންޑީއެފް އިން ރޭ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި އެފަދަ ހާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ހަބަރަކީ ސައްހަ މައުލޫމާތެއްގެ މައްޗަށް ފަތުރާ ހަބަރެއް ނޫން ކަމަށެވެ.
"މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އަދި މިފަދަ މަޢުލޫމާތެއް ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.
ސިފައިންގެ އިން އިތުރަށް ބުނީ ފަތުރަމުންދާ ހަބަރަށް އިތުރަށް ބެލިބެލުމުން ފަތުރަމުންދާ ބަައެއް މައުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާ ބެހޭ މައުލޫމާތާއި ފޮޓޯކަން ފާހަގަކުރެވޭ ކަމަށެވެ.







