މާލެ: 31°C

ރާއްޖެ ސަރަހައްދަށް ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެއްޖެ

January 31, 2023
2 ފަހަރު ބަލާފައި
ރާއްޖެ ސަރަހައްދަށް ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެއްޖެ
ރާއްޖެ ސަރަހައްދަށް ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެއްޖެ
ރާއްޖެ ސަރަހައްދަށް ވައި ނުސާފުވެ ލޮލަށް ފެންނަ ދުރުމިން ދަށްވެއްޖެ އެވެ. މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް އިން މިއަދު އާއްްމުކުރި މައުލޫމާތުގައި ބުނީ އިރުވައި މޫސުމުގެ ގިނަދުވަސްތަކެއްގައި އާންމުކޮށް ރާއްޖެސަރަހައްދުގެ ވައިނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާ ކަމަށާއި މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ލޮލަށްފެންނަ ދުރުމިން ވަނީ ދަށްވެފައިވާ ކަމަށެވެ. އެ މައުލޫމާތުގައިވާ ގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައި ނުސާފުވެ، އާންމުގޮތެއްގައި 10 ކޮލޯމީޓަރަށް ދުރު ފެނުނު ނަމަވެސް މިއަދު ހެނދުނު 7:00 އިން ފެށިގެން ހާއްސަކޮށް މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގެ އަތޮޅުތަކަށް މި މިންވަރު ދަށްވެފައި ވަނީ އެވެރެޖް ގޮތެއްގައި ހަތަރު ކިލާމީޓަރަށެވެ. [embed]https://twitter.com/MetMaldives/status/1620331675518652417?s=20&t=miEgmuUa6naal1j-Ehg9NA[/embed] ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވާ ދުވަސްވަރު، ހިމާލަޔާ ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާހަމައަށް ފޯރައެވެ. އޭގެ ސަބަބުން، އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ. އެ މައްސަލަ ބޮޑަށް ކުރިމަތިވަނީ ޑިސެމްބަރު މަހުން ފެށިގެން  މާޗުމަހުގެ ނިޔަލަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ