މާލެ: 31°C

ދިވެހިރާއްޖެ އޯއޭސީޕީއެސް ގެ މެންބަރަކަށް ވެއްޖެ

December 10, 2022
2 ފަހަރު ބަލާފައި
ދިވެހިރާއްޖެ އޯއޭސީޕީއެސް ގެ މެންބަރަކަށް ވެއްޖެ
ދިވެހިރާއްޖެ އޯއޭސީޕީއެސް ގެ މެންބަރަކަށް ވެއްޖެ
އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބިއްޖެ އެވެ. އޯސީޕީގެ މެމްބަރުކަން ރާއްޖެއަށް ދޭން އެ ޖަމާއަތުން ނިންމީ އެންގޯލާގެ ލުއާންޑާގައި މިމަހު ހަޔަކުން ނުވައަކަށް ކުރިޔަށްދިޔަ އެ ޖަމާއަތުގެ 10 ވަނަ ސަމިޓުގަ އެވެެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވެސް ޝާހިދުގެ އަރިހުގައި އެ ސަމިޓަށް ވަޑައިގެންނެވި އެވެ. އެ ސަމިޓުގައި ރާއްޖޭގެ ބަޔާން ހުށަހަޅުއްވަމުން ޝާހިދު ވިދާޅުވީ އަދި އޯއޭސީޕީއެސް ގެ މެންބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރަން ރާއްޖޭން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް އެ ޖަމާއަތުގެ މެންބަރު އެހެން ގައުމުތަކާ ރާއްޖެ އަބަދު ވެސް ގުޅިފައި ވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޯއޭސީ.ޕީއެސްގެ 10 ވަނަ ސަމިޓުގައި އެޖަމިއްޔާގެ މެއްބަރު ހުރިހާ ގައުމަކުން ވެސް ވަނީ އެ ޖަމިއްޔާގެ ފުރިހަމަ މެއްބަރު ގައުމަކަށް ރާއްޖެ ވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފައެވެ. އެޖަމާއަތުގެ މެންބަރު ގައުމުތަކުގެ ތާއީދު ލިބުމާ އެކު، އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކުން އަދާކުރަންޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" ގައި ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ. ސަމިޓުގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ވަނީ "އިންސްޓްރޫމަންޓް އޮފް އެކްސެޝަން" ވެސް ޑިޕޮޒިޓް ކޮށްދެއްވާފައެވެ. އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށް ވާން ރާއްޖޭން ހުށަހެޅީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. ރާއްޖެ އެ ޖަމިއްޔާގެ ފުރިހަމަ މެންބަރަކަށް ވުމަށް މިއަހަރުގެ މާޗްމަހު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ