މާލެ: 31°C
ރާއްޖެ ކައިރިން ބިންހެލުމެއް އަތުވެއްޖެ

ރާއްޖެ ކައިރިން ބިންހެލުމެއް އަތުވެއްޖެ

January 21, 2024
3 ފަހަރު ބަލާފައި
ރާއްޖެ ކައިރިން ބިންހެލުމެއް އަތުވެއްޖެ
އައްޑޫ ސިޓީއާއި، 5282 ކިލޯމީޓަރު ދުރުމިނުންް، އިންޑިއާ ކަނޑުގައި ބިންހެލުމެއް އުފެދިއްޖެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކުރެއްވި ގޮތުގައި، 6.2 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ، ރޭ ދަންވަރު 3:09ގަ އެވެ. [embed]https://twitter.com/MetMaldives/status/1748836083851485493[/embed] އިންޑިއަން ރިޖުގައި އުފެދުނު މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުފެންނަކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. މިމަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫއާއި 894 ކިލޯމީޓަރު ދުރުން 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މެޓުން ވަނީ ބުނެފައެވެ. އެ ބިންހެލުމުގެ ސަބަބުން ވެސް ރާއްޖެއަށް އަސަރެއް ނުކުރެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ