
ރާއްޖެއިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ފެނިއްޖެ
ރާއްޖެއިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ފެނިއްޖެ
ލިޔުން:
ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ރާއްޖެއިން ފެނިއްޖެއެވެ.
އެޗްޕީއޭއިން ވަނީ މި ބަލި ރާއްޖެއިން ފެނިފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ބަލި ފެތުރެމުން ނުދާކަން ވަނީ ފާހަގަކޮށްފައެވެ.
މެނިންގޯކޮކަލް ބައްޔަކީ ސީރިއަސް ބެކްޓީރިއަލް އިންފެކްޝަނެކެވެ. އެ ބަލި ޖެހުމުގެ ސަބަބުން ގުނަވަންތައް ހަލާކުވުން ނުވަތަ ގުނަވަންތައް މަރުވެ އެވެ. މެނިންގޯކޮކަލް ބަލީގެ ދެ ވައްތަރެއްގެ އިންފެކްޝަން އުފެދެ އެވެ. އެއީ މެނިންޖައިޓިސް އާއި ލޭގެ އިންފެކްޝަނެވެ.
މެނިންގޮކޯކޮލް ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، ގަދަޔަށް ހުން އައުން، ބޮލުގައި ރިއްސުން އަދި ހޮޑުލެވުމުގެ އިތުރުން ފައިގެ ހުޅަށް ތަދުުވުން ހިމެނެ އެވެ. މި ބަލިފެތުރެނީ ވަޔާއި ކުޅުގެ ޒަރިއްޔާއިންނެވެ. އެއްތަނެއްގައި އުޅޭ ބަޔަކަށް ބަލިފެތުރުމުގެ ފުރުސަތު ބޮޑެވެ.
މެނިންގޮކޯކޮލް ބަލި ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކާ ޑައިރެކްޓް ކޮންޓެކްޓަކަށް ވުމުންނެވެ. އަދި މި ބަލި ފެތުރެނީ ނޭވާލައި ނިޒާމުގެ ތެރެއިންނާއި އަނގައިގެ ތެރެއިން ކަމަށްވެއެވެ. މި ބަލިން ހަށިގަނޑުގެ ތެރެއަށް ބެކްޓީރިއާ ވަދެ ސިކުނޑިއާ ސްޕައިނަލް ކޯޑަށް ބޮޑެތި ގެއްލުންތަކެއްވެއެވެ. މި ބަލީގެ ފަރުވާ އަށް ދެނީ އެންޓިބަޔޮޓިކް އެކެވެ. އަވަސް ފަރުވާ ބޭނުންވާ މި ބަލިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު ފިޔަވަޅަކީ ވެކްސިން ޖެހުމެވެ.
މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވީއެންމެ އަވަހަކަށް ފަރުވާ ހޯދަން ވާނެއެވެ. ނޫން ނަމަ ބަލީގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
