"އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ފައިނޭންޝަލް މާކެޓްތަކަށް ގެނެވިފައި ހުރި ބަދަލުތަކާ އެެއްކޮށް، 2008-2009 ގައި އެ ދިމާވި ފައިނޭންޝަލް ކްރައިިސިސް ކަހަލަ ކްރައިސިސްއެއް ދިމާވުމަކީ ވަރަށް ނާދިރުކަމެއް. އެކަމަކު އިންޓަރެސްޓް ރޭޓްސް އަދި ވެސް، މިހާރު ވެސް ޔޫއެސް އަދި ޔޫރަޕިއަން ގައުމުތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމަކީ އެކަށީގެންވާ ކަމެއް،" އަމީރު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި މިއަހަރަށް ދައުލަތުގެ ބަޖެޓް އެލުލަވައިލި އިރު ފައިސާ ހޯދާނެ ގޮތްތައް ކަނޑައެޅީ ދުނިޔޭގެ މާލީ ބާޒާރަށް ދިމާވެދާނެ މައްސަލަތަކަށް ވިސްނައިގެންނެވެ. އެ ބަޖެޓަށް ފައިސާ ހޯދަން ރާވާފައި ވާނީ މާލީ ބާޒާރުތަކުން ފައިސާ ހޯދާ ގޮތަކަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ކޮންސެޝަނަލް ލޯން، ފަންޑިން އޭޖެންސީ ތަކުން އެހެން ނޫނިއްޔާ ޖީ ޓު ޖީ [އެއް ސަރުކާރުން އަނެއް ސަރުކާރަށް ދޫކުރާ ފައިސާ] މެދުވެރިކޮށް އެގޮތަށް ބަޖެޓަށް ފައިސާ ހޯދަން އަޅުގަނޑުމެން ވިސްނާފައި އޮންނާނީ،" އަމީރު ވިދާޅުވި އެވެ.
ރާއްޖޭން ދެކެނީ ފައިނޭންޝަލް ކްރައިސިސްއެއް ނާންނާނެ ކަމަށް

ރާއްޖޭން ދެކެނީ ފައިނޭންޝަލް ކްރައިސިސްއެއް ނާންނާނެ ކަމަށް
ލިޔުން:
އެމެރިކާއާއި ޔޫރަޕްގެ ބައެއް ބޭންކްތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ އެކުގައި ވެސް 2008 ވަނަ އަހަރު ދުނިޔެއަށް ދިމާވި ފަދަ މާލީ ކާރިސާއެއް މިފދަހަރު ކުރިމަތިވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ފައިނޭންޝަލް ކްރައިސިސް އެއް ދިމާވުމަކީ ނާދިރު ކަމެއް ކަަމަށް ދެކެވަޑައިގަންނަވަނީ ދުނިޔޭގެ މާލީ ބާޒާރުތަކަށް ބަދަލުތަކެއް ގެނެސްފައި ވާތީ އެވެ. އެހެން ނަމަވެސް ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއިން އިންޓަރެސްޓް ރޭޓް މަތިކުރުމަކީ އަދިވެސް އެކަށީގެންވާ ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
