މާލެ: 31°C
ރާއްޖެ ހިފުމާ ގުޅޭގޮތުން ސްވާމީ، ދެއްކި ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި

ރާއްޖެ ހިފުމާ ގުޅޭގޮތުން ސްވާމީ، ދެއްކި ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި

January 15, 2024
3 ފަހަރު ބަލާފައި
ރާއްޖެ ހިފުމާ ގުޅޭގޮތުން ސްވާމީ، ދެއްކި ވާހަކަތައް އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި
ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުމަށް އަވައްޓެރި އިންޑިއާގެ ކުރީގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ގޮވާލެއްވި ގޮވާލެއްވުން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފިއެވެ. ރާއްޖެ ހިފުމާ ގުޅޭގޮތުން އިންޑިއާގެ ކުރީގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަން ސްވާމީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑރ.މުއިއްޒުގެ ޗައިނާ ދަތުރުފުޅަށްފަހު މާޗްމަހުގެ 15 ގެ ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމަށް ބޮޑުވަޒީރު މޯދީއަށް އަންގަވާފައިވާކަމަށެވެ. މިއީ ޝުކުރުވެރިވުމުގެ ބަދަލުގައި ރާއްޖެއިން އިންޑިއާގެ އަގުވައްޓާލުންކަން ފާހަގަކޮށް ސްވާމީ ވަނީ ރައީސް ޑރ.މުއިއްޒުގެ އެ ހުށަހެޅުމަށް އިޖާބަދެއްވާނީތޯ ނުވަތަ ރައީސް ޑރ. މުއިއްޒު ވެރިކަމުން ބޭލުމަށްޓަކައި، އިންޑިއާގެ އަސްކަރިއްޔާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން ރާއްޖެއަށް ފޮނުއްވާނީތޯ ސުވާލު އުފައްދާފައެވެ. https://twitter.com/Swamy39/status/1746713380679991562?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1746713380679991562%7Ctwgr%5E0b60acada998cc2ee7e7131666fbb1fa5406a5ef%7Ctwcon%5Es1_&ref_url=https%3A%2F%2Fsun.mv%2F187419 މިކަމާއި ގުޅޭގޮތުން އެންމެބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސުބްރަމާނިއަންގެ އެވާހަކަތަކަކީ ވަރަށް ޒިއްމާދާރުކަން ކުޑަ، އަދި ރާއްޖެއާ އިންޑިއާ ދެގައުމުގެ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ. އިންޑިއާގެ ދާހިލީ ކަންކަމުގައި ރާއްޖޭގެ ނަން ބޭނުން ނުކުރުމަށް ގޮވާލަމުން އެމްޑީޕީން ބުނީ، ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ބިނާވެގެންވަނީ އިހުތިރާމްކުރާ ހާލު، ދެ ގައުމު ގެ ރައްޔިތުންގެ މެދުގައިކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. https://twitter.com/MDPSecretariat/status/1746883875626975406?s=08 މި ބަޔާނުގައި އެމްޑީޕީން ތުހުމަތު ކުރާގޮތުގައި އެފަދަ ފަރާތްތަކަށް އެފަދަ ނޭއްގާނީ ވާހަކަތައް ދައްކަން ފުރުސަތު ލިބެނީ ޑރ.މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނުސީދާގޮތެއްގައި އިންޑިއާއަށް ރައްދުވާގޮތަށް ބައެއް ބަސްފުޅުތައް ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ