މާލެ: 31°C

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތަކެއް ފެނިއްޖެ

ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތަކެއް ފެނިއްޖެ
May 30, 2023
2 ފަހަރު ބަލާފައި
ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތަކެއް ފެނިއްޖެ
ރާއްޖެ އެތެރެކުރި އިންޖެކްޝަން ބެޗެއްގައި މައްސަލަތެއް ހުރިކަން ފާހަގަކުރެވުމާ ގުޅިގެން އެ ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ. އެމްއެފްޑިއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން) ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށާއި، އެ ބެޗު ނަމްބަރު P21311 ރާއްޖެ އެތެރެކޮށް، ވިއްކައި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިންޖެކްޝަން އުފައްދާފައިވަނީ އިންޑިއާގެ އިމްދާބާދުން ނެވެ. އެއީ 25 މިލި ގްރާމްގެ އިންޖެކްޝަނަކަށްވާއިރު، އެ ބެޗް އުފައްދާފައިވަނީ 2021 ވަނަ އަހަރުގެ ޖުލައި ވަނަ މަހުގައެވެ. އަދި އެކްސްޕަޔާ ވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށް ވެއެވެ. އެ ބޭހުގެ އެ ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެކަން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައި އެންގުމަށް ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ