ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްއިން ހާމަކޮށްފައިވާ ގޮތުގައި މި މަސްތުވާތަކެތި ހިފަހައްޓާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެން ނަމަވެސް މިތަކެތި އަތުލައިގަނެވުނު ގޮތުގެ ތަފްސީލް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވަނީ 5520 ގުރާމް ކެނެބިސް އާއި 416 ގުރާމް ކެތިނޯން ކަމަށެވެ. އަދި އެއީ ޖުމްލަ 5.9 ކިލޯގެ މަސްތުވާތަކެތި ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ރާއްޖެ އެތެރެ ކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓައިފި
ރާއްޖެ އެތެރެ ކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި ހިފަހައްޓައިފި
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
