މާލެ: 31°C

ރާއްޖެއަކީ ދީނީ ހައްދު ފަހަނަ އަޅާފައިވާ ގައުމެއް ނޫން: މިނިސްޓަރ

February 16, 2025
172 ފަހަރު ބަލާފައި
ރާއްޖެއަކީ ދީނީ ހައްދު ފަހަނަ އަޅާފައިވާ ގައުމެއް ނޫން: މިނިސްޓަރ
ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައި ދިޔުން އެހާ އާންމު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅައި ދިޔުން އެހާ އާންމު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްދާ "އަހާ" ފޯރަމްގައި މީހަކު އިސްލާމިކް މިނިސްޓަރާ ކުރި ސުވާލެއްގައި ބުނީ ރާއްޖެއަކީ ހައްދު ފަހަނައަޅާފައިވާ ތަނެއް ގޮތަށް ސިފަކޮށް ރާއްޖޭގެ ނަން ކިލަނބުކޮށްލަން ބައެއް ފަރާތްތަކުން އުޅޭތީ، އެ ފަރާތްތަކަށް ދޭނީ ކޮން ޖަވާބެއްތޯ އެވެ؟

އެ ސުވާލަށް ޖަވާބު ދެއްވަމުން، ރާއްޖެއަކީ ހައްދު ފަހަނައަަޅާފައި ގައުމެއްގެ ގޮތުގައި ސިފަ ނުކުރެވޭނެ ކަމަށާއި އަދި އެކަމަށް ޖާގައެއްް ވެސް ނޯންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެއީ ދުނިޔޭގައި އެހެން ގައުމުތަކުގައި އެކަން އޮތް ވަރަކަށް ރާއްޖޭގައި ނެތް. ރާއްޖޭގައި އެކަމަށް އިލްމީ ގޮތުން ވަރަށް ރަނގަޅަށް ފަރުވާ ކުރެވެމުން ދަނީ" މިނިސްޓަރު ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއަކީ 100 ޕަސެންޓް މުސްލިމު ގައުމެއްގެ އިތުރުން ދިވެހީންނަކީ އެއްބައިވަންތަ ވެސް ބައެއް ކަމަށެެވެ. އެ ގޮތުން މަންހަޖަށް ބަލާއިރު ވެސް ހުރިހާ ދިވެހީންނަކީ ސުންނީ މުސްލިމުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ރާއްޖޭގައި ދީނީ ގޮތުން ބައިބައިވުންތަކެއް ނެތް. ރާއްޖޭގެ މީހުންނަކީ އިސްލާމްދީނުގެ ވަރަށް މެދު މިނުގެ އުސޫލުތައް ދަމަހައްޓާ އެއަށް ތަބާވާ ބައެއް. ހައްދު ފަހަަނައަޅައި ދިއުމާއި މި ބާވަތުގެ ކަންތައްތަކަކީ އާންމުކޮށް ރައްޔިތުންގެ ތެރޭގައި އޮތް ކަންތައްތަކެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް ފަހަރު އެފަދަ ހަރުކަށި ފިކުރުތައް ފެންމަތިވެ އެކަންކަމާމެދު ގާނޫނީ ގޮތުންނާއި އިލްމީ ގޮތުން ފިޔަވަޅު އަޅާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ