މާލެ: 31°C

ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
April 14, 2023
2 ފަހަރު ބަލާފައި
ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން 5.380 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނީ މި ތަކެތި އަތުލައިގެންފައިވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކޮއްފާނެ ކަމަށް ކަސްޓަމްސް އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އެގޮތުން މި ތަކެތި ފެނިފައި ވަނީ އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ 56 އަހަރުގެ އަންހެނެއް ހުޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ކަމުގައިވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ. އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލު ކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތި ކަމަށްވާ ކޮކެއިން އަށް އަދި ފޮށިން ފެނުނު ތަކެތި މަސްތުވަތަކެތިކަމަށްވާ ހެރޮއިން އަށް ޕޮސިޓިވް ވެފައި ކަމުގައި ކަސްޓްމްސް އިން ވަނީ ބުނެފައެވެ. ކަސްޓަމްސް އިން ބުނީ މި މީހާގެ އަތްދަބަހާއި ފޮށީގައި ރައްކާ ކޮށްފައި ހުރި 1.180 ކިލޯގެ ކޮކެއިން އައި އަދި 4.2 ކިލޯގެ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލަިގެންފައިވާއިރު، މިތަކެތީގެ މަގުމަތީ ަގު 9 މިލިއަން ރުފިޔށް ވުރެން މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކަސްޓަމްސްއިން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކާ، މި ޕަސެންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލު ކުރެވިފައިވާކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ