މާލެ: 31°C

ރާއްޖެއަށް ވަގަށްވަދެ މަސްވެރިކަން ކުރި 3 ބޯޓެއް އަތުލައިގަނެފި

December 3, 2022
2 ފަހަރު ބަލާފައި
ރާއްޖެއަށް ވަގަށްވަދެ މަސްވެރިކަން ކުރި 3 ބޯޓެއް އަތުލައިގަނެފި
ރާއްޖެއަށް ވަގަށްވަދެ މަސްވެރިކަން ކުރި 3 ބޯޓެއް އަތުލައިގަނެފި
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ ތިން މަސްބޯޓެއް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގަނެފިއެވެ. އެމްއެންޑީއެފް އިން ކުރި ޓްވިޓެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ތިން ބޯޓެއް އަތުލައިގަނެފައި ވާކަމަށާ، އަދި މިވަގުތު އެތިން ބޯޓު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. [embed]https://twitter.com/MNDF_Official/status/1598967523965546497?s=20&t=-tH-MAa_Lbxer5dnWIDIhQ[/embed] ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރާ ބޭރުގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ދަނީ ފެންނަމުންނެވެ. އެމްއެންޑީއެފް އިން ވަނީ މީގެ ކުރިންވެސް މިކަހަލަ އެތައް ބޯޓެއް އަތުލައިގަނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ