މާލެ: 31°C
ރާއްޖެއަށް މިދިޔަ މަހު އެކަނި 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

ރާއްޖެއަށް މިދިޔަ މަހު އެކަނި 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި

February 26, 2024
4 ފަހަރު ބަލާފައި
ރާއްޖެއަށް މިދިޔަ މަހު އެކަނި 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފި
ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކައިފިއެވެ. ކަސްޓަމްސްއިން މިއަދު ހާމަކުރި މިދިޔަ މަހުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު އަދަދުވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ. އޭގެ އިތުރުން، ކަސްޓަމްސް އިން ހާމަކުރި ގޮތުގައި އިމްޕޯޓް އަދި އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 373 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 349 މިލިއަން ރުފިޔާ އެވެ. އިމްޕޯޓް އިތުރުވި ނަމަވެސް މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 31 ޕަސަންޓް ދަށްވެފައެވެ. https://twitter.com/CustomsMv/status/1761952116036518078 ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްކުރީ 173 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 251 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، ރާއްޖެއިން ބޭރު ކުރި މުދަލުގެ އެފްއޯބީގެ އަގު ވަނީ %31 ދަށް ވެފައެވެ. މިއަހަރު ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ، އޮމާން، އިންޑިއާ، ޗައިނާ އަދި ސިންގަޕޯރު ހިމެނެއެވެ. އަދި ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރު ކުރި ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، ޖަރުމަނު، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާ ފާހަގަ ކުރެވެއެވެ. އެގޮތުން، ޔޫ.އޭ.އީ އިން 938 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އޮމާން އިން 774 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި އިންޑިއާ އިން 700 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 671 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޫރުން 550 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވަވާއިރު، ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 38 ޕަސަންޓް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އަދި އެކްސްޕޯޓްގެ 17 ޕަސަންޓް ޖަރުމަނުވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު އިނގިރޭސިވިލާތަށް 15 ޕަަސަންޓް އެކްސްޕޯޓްކޮށްފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ