މާލެ: 31°C
ރާއްޖެއަށް އެތެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއަށް އެތެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

March 20, 2024
2 ފަހަރު ބަލާފައި
ރާއްޖެއަށް އެތެކުރަން އުޅުނު ފަސް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ ގެނައި 5.3 މިލިއަން ރުފިޔާ އަގަށް އަރާ، 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އަތުލައި ގަނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުންނެވެ.

އޭނާގެ ލަގެޖުން 5.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އެ ފަސިންޖަރުގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު ހެރޮއިންއަށް ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 5.30 ކިލޯ ހުރިއިރު މި ތަކެތީގެ މަގުމަތީ އަގަކީ 5.3 މިލިއަން ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ. ކަސްޓަމްސް އިން އިތުރަށް ބުނީ އަތުލައިގަތް މަސްތުވާތަކެއްޗާއި ފަސިންޖަރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ