ރާއްޖެއަށް 1.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަަކު 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ރާއްޖެއަށް 1.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަަކު 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ލިޔުން:
ރާއްޖެއަށް 1.4 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 7:52 އެހާކަންހާ އިރު ގަތަރު އެއާލައިންގެ ބޯޓަކުން ރާއްޖެއައި ގާނާގެ ރައްޔިތެއްގެ ހަށިގަނޑު ކަސްޓަމްސްއިން ސްކޭންކޮށް ބަލައި ފާސްކުރިއިރު އޭނާގެ ހަށިގަނޑުގައި ކެވިޓީސްތަކެއް ހުރިކަމަށް ފާހަގަވެގެން އިތުރަށް ޔަގީންކުރަން އައިޖީއެމްއެޗަށް ގެންގޮސް، ހެދި ސްކޭން ރިޕޯޓުން އޭނާގެ ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރި ކަމަށް ދައްކާތީ އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވިގެން އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލާގައި މި މަހުގެ 22 ވަނަ ދުވަހު ކޯޓުން ހުކުމްކޮށްފައިވަނީ ގާނާގެ ރައްޔިތެއް ކަމަށްވާ އައްޕިއަހް ޖޭމްސް އަށެވެ.
މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރިއިރު އެކި ފަހަރު މަތިން ބޮޑުކަމުދިޔަ ތަކެތިން 108 ބްލެޓް ފެނިފައިވާއިރު އޭގައި ޖުމްލަ 1.4 ކިލޯ ހުރި ކަމަށާއި އެއީ ކޮކެއިންކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށެވެ.
އެހެންކަމުން އައްޕިއަހްގެ މައްޗަށް މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ އިރު، އޭނާ ވަނީ އެދައުވާއަށް އިއުތިރާފުވެފަ އެވެ.
މީގެ އިތުރުން އޭނާ ޕީޖީއާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 12 އަހަރާއި 6 މަހަށް ޖަލަށްލުމުގެ އިތުރުން އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމެވެ.
މިގޮތަށް މައްސަލަ ނިންމާ, ހުކުމުގައި ބުނެފައިވަނީ، ޖޫރިމަނާގެ ފައިސާ މި ހިނގާ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 1 އަހަރު ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރަން އޭނާގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގެ ތަހުގީގުގައި އޭނާ ހޭދަކުރި 4 މަހާއި 10 ދުވަސް އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 12 އަހަރާއި 1 މަހާއި 20 ދުވަސް ކަމުގައި ވެސް ހުކުމުގައި ބުޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
