މާލެ: 31°C

ވިޔަފާރީގައި ލަންކާ އާއި ރާއްޖެއިން ރުފިޔާ އާއި ރުޕީސް ބޭނުންކުރުމާ ބެހޭ މަޝްވަރާތަކެއް

February 19, 2025
102 ފަހަރު ބަލާފައި
ވިޔަފާރީގައި ލަންކާ އާއި ރާއްޖެއިން ރުފިޔާ އާއި ރުޕީސް ބޭނުންކުރުމާ ބެހޭ މަޝްވަރާތަކެއް
ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ މުއާމަލާތުގައި ދިވެހި ރުފިޔާ އާއި ލަންކާގެ ރުފީސް ބޭނުންކުރުމަށް، ސްރީލަންކާއިން ދިވެހި ސަރުކާރަށް މިއަދު ހުށަހަޅައިފި އެވެ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވިޔަފާރީގެ މުއާމަލާތުގައި ދިވެހި ރުފިޔާ އާއި ލަންކާގެ ރުފީސް ބޭނުންކުރުމަށް، ސްރީލަންކާއިން ދިވެހި ސަރުކާރަށް މިއަދު ހުށަހަޅައިފި އެވެ

ރަސްމީ ދަތުރެއްގައި މި ވަގުތު ސްރީލަންކާގައި ހުންނެވި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ވިޖިތަ ހެރަތުއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ-ލަންކާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކާ ގުޅޭ ގޮތުން ލަންކާގެ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ވަޒީފާގެ ފުރުސަތުތައް ފުޅާކުރުމާ ގުޅޭ ގޮތުން ވިޖިތައާ، ހަލީލްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވިޖިތަ، ހަލީލް އަށް ހުށަހެޅުއްވީ ދެގައުމުގެ ދެމެދު ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތުގައި ދެ ގައުމުވެސް ފައިސާ ބޭނުންކުރެވޭ ގޮތް ހެދުމަށެވެ.

"ދެ ގައުމުގެ ދެމެދުގައި ރުފިޔާ އާއި ރުޕީސް ބޭނުންކުރުމަށް ހުށަހެޅިން, އޭގެ ސަބަބުން ރާއްޖޭގައި ތިބި ލަންކާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ" ވިޖިތައާ ހަވާލާދީ ލަންކާ ފޮރިން މިނިސްޓްރީން ނެރުނު ސްޓޭޓުމެންޓުގައި ބުންޏެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން ފުޅާކޮށް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ލަންކާގެ ފޮރިން މިނިސްޓަރަށް ހަލީލް ވަނީ ދެއްވާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ