މާލެ: 31°C

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން: ފޮރިންގ މިނިސްޓަރ ޚަލީލް

July 11, 2025
234 ފަހަރު ބަލާފައި
ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން: ފޮރިންގ މިނިސްޓަރ ޚަލީލް
ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން ކަމަށް ފޮރިންގ މިނިސްޓަރ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ދެއްކުމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން ކަމަށް ފޮރިންގ މިނިސްޓަރ ޚަލީލް ވިދާޅުވެއްޖެ އެވެ.

ޕީއެސް އެމް އިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފޮރިންގ މިނިސްޓަރ ހަލީލު ވިދާޅުވީ މީޑިއާތަކުން ވާހަކަތައް ގެންނައިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުންނަ ކަމަށާއި އެގޮތުން އެކަމަކީ ހާއްސަކޮށް ރާއްޖޭގެ ސިޔާދަތީ ކަންކަމަށް ނުފޫޒު ނުވަތަ ބުރޫއަރާ ޒާތުގެ ވާހަކައެއް ނަމަ އެ ވާހަކައެއް ރާއްޖޭގެ ހައްގުގައި ނުދެއްކެވުން ހިމެނޭ ކަމަށެވެ.

އެގޮތުން ރާއްޖެއިން ކޮންމެހެން ވެސް ގުޅުން ބާއްވަންޖެހޭ ގައުމުތަކާއި އެކު އޮންނަ ގުޅުމަށް ބުރޫއަރާފަދަ އެއްވެސް ވާހަކައެއް އެއްވެސް މީޑިއާކަުން ނެގެސްދިމަށްވެސް ފޮރިންގ މިނިސްޓަރ ހަލީލް އެދިލެއްވި އެވެ. 

ބައެއް ފަހަރަށް ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ގުޅުމަށް ބުރޫ އަރާ ޒާތުގެ ވާހަކަތައް ބައެއް ފަރާތްތަކުން ގެނޭ، އެފަދަ ކަންކަމަކީ އަމިއްލަ އަތުން އަމިއްލަ ގައުމަށް ހަމަލާދިނުން،" މިނިސްޓަރ ޚަލީލް ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ހަލީލު ވިދާޅުވީ މި ޒާތުގެ ކަންކަން ކުރާނަމަ ރާއްޖެއާ ދޭތެރޭ އެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް ބުރޫއަރާނެ ކަމަށާއި އެއީ އެއީ އަޅުގަނޑުމެން އަމިއްލަ އަތުގައި އޮންނަ ފުރޯއިން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއް ކަމަށެވެ. މީގެ އިތުރުން ރާއްޖެއާ ގާތް ގައުމުތަކުގެ ގުޅުން ހީނަރުވާ ޒާތުގެ ވާހަކަތައް ނުފެތުރުމަށްވެސް މީޑިއާތަކުގެ ކޮބައިން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވަނީ އެދިލައްވައިފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ