
ރާއްޖެއާ ބެހޭގޮތުން ދެއްކިފައިވާ ވާހަކަތަކަށް މާފަށް އެދެން: ލަންކާގެ ޓޫރިޒަމް މިނިސްޓަރު
ރާއްޖެއާ ބެހޭގޮތުން ދެއްކިފައިވާ ވާހަކަތަކަށް މާފަށް އެދެން: ލަންކާގެ ޓޫރިޒަމް މިނިސްޓަރު
ލިޔުން:
ރާއްޖެއަކީ ފޫހި ތަކެނެއް ކަމަށް ވިދާޅުވީ ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ އޭނާއަށް ދެއްކުނު ވާހަކަތަކަށް މާފަށް އެދިއްޖެއެވެ.
ޖަރުމަނުގައި ނިމިދިޔަ ބާލިން ފެއަރގައި ސްރީލ؛ަންކާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފެނާންޑޯ ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަމައެކަނި އޮންނަނީ މޫދު ކަމަށާއި އެހެންކަމުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މީހަކު 5 ވަރަކަށް ދުވަހަށްފަހު ފޫހިވާނެ ކަމުގައެވެ. އަދި މިއާ ހިލާފަށް ސްރީ ލަންކާއަކީ ފަތުރުވެރިންނަށް މާގިނަ ތަޖުރިބާ ކުރެވޭނެ ގައުމެއްކަމަށް ވިދާޅުވިއެވެ. އޭނާގެ މި ވާހަކަތަކަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވާން ފެށުމުން މިއަދު ވަނީ އޭނާއަށް ދެކެވުނު ވާހަކަތަކަށް މާފަށް އެދިފައެވެ.
މިގޮތުން ގިނަ ބައެެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުން އޭނާ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދެއްކި ވާހަކައިގެ މާނަ އޮޅުވާލާފައި ވާކަމުގައެވެ. ފެނާންޑޯ ވިދާޅުވީ، އަވައްޓެރި ދިވެހިރާއްޖެއާއެކު ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
https://twitter.com/fernandoharin/status/1635249990703656961?cxt=HHwWgsDR7fvMybEtAAAA
ފެނާންޑޯ މާފަށް އެދިފައި މިވަނީ އޭނާގެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވަނީ އެވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
